ޚަބަރު

ދިވެހިރާއްޖެއާއި ރިޕަބްލިކް އޮފް ކޮންގޯއާ ދެމެދު ސިޔާސީ ގުޅުން ޤާއިމްކޮށްފި


ރާއްޖެއާއި ރިޕަބްލިކް އޮފް ކޮންގޯއާ ދެމެދު ރަސްމީގޮތުން ސިޔާސީ ގުޅުން ޤާއިމްކޮށްފިއެވެ.

ދެޤައުމުގެ މެދުގައި ސިޔާސީ ގުޅުން ޤާއިމްކުރުމާ ބެހޭ ރަސްމީ އެއްބަސްވުމުގައި ދިވެހި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ، ރާއްޖެއިން އދއަށް ކަޑައަޅާފައި ހުންނަ ސަފީރު ޑރ.ޢަލީ ނަސީރެވެ. ކޮންގޯގެ ފަރާތުން މިއެއްބަސްވުމުގައި ސޮއިކުރެއްވީ ކޮންގޯގެ ފަރާތުން އދއަށް ކަޑައަޅާފައި ހުންނަ ސަފީރު ރޭމަންޑު ސާރޖް ބާލޭއެވެ.

ކޮންގޯއަކީ ރާއްޖެއާ ސިޔާސީ ގުޅުން ޤާއިމްކުރި 168ވަނަ ޤައުމެވެ. ކޮންގޯއަކީ މެދުތެރޭ އެފްރިކާގެ ޤައުމެކެވެ. ކޮންގޯއަކީ 4.95 މިލިއަން މީހުންގެ އާބަދީއެއް އޮންނަ ޤައުމެކެވެ.