ޚަބަރު

އިސްލާމްދީނާ ދެކޮޅަށް އީޔޫއިން ނެރުނު ރިޕޯޓަށް ނަޝީދު މަރުޙަބާ ވިދާޅުވެއްޖެ


ޣައިރު މުސްލިމުންނަށްވެސް ދިވެހިރައްޔަކަށް ވުމުގެ ހައްޤުދިނުމަށާއި، ޣައިރު މުސްލިމުންނާއި، މުރުތައްދުވާމީހުންނަށްވެސް ރާއްޖޭގެ އިންތިޚާބުތަކުގައި ވާދަކުރުމުގެ ހައްޤު ދިނުމަށް ގޮވާލައި ޔޫރަޕިއަން ޔޫނިއަން (އީޔޫ) އިން ނެރުނު ރިޕޯޓަށް ކުރީގެ ރައީސް މުޙައްމަދު ނަޝީދު މަރުޙަބާ ވިދާޅުވެއްޖެއެވެ.

އީޔޫއާއި ޒަމާނުއްސުރެ ގާތްގުޅުމެއް ބާއްވަމުންދާ އަދި އީޔޫގެ ވާހަކަތައް ހުރި މޭރުމުން އިސްލާމްދީނަށް ފުރައްސާރަ ކުރައްވައި މީގެ ކުރިންވެސް ވާހަކަފުޅުދައްކަވާފައިވާ ކުރީގެ ރައީސް މުޙައްމަދު ނަޝީދު ކުރެއްވި ޓުވީޓެއްގައިވަނީ އީޔޫއިން ނެރުނު ރިޕޯޓުގައި ހުރި ކަންތައްތަކުގެ ތެރެއިން އެންމެކަމެއް ފިޔަވައި އެހެން ހުރިހާކަމެއް ދިވެހިން ބަލައިގަންނަކަމަށެވެ.

ނަޝީދުގެ ޓްވީޓު

ނަޝީދު ކުރެއްވި ޓުވިޓުގައި ވިދާޅުވެފައިވަނީ، އީޔޫގެ ރިޕޯޓުގައިވަނީ 8 ދާއިރާއަކުން 22 ކަމެއް ރާއްޖެއަށް ހުށަހަޅާފައިކަމަށާ، މީގެ ތެރެއިން ދިވެހިންނަށް ބަލައި ނުގަނެވޭނީ އެންމެކަމެއްކަމަށެވެ. އަދި އެކަމަކީ ޤާނޫނު އަސާސީއަށް ގެނައުމަށް ބުނާ ދީނުގެ މިނިވަންކަމުގެ ބަދަލުކަމަށްވެސް ނަޝީދު ވިދާޅުވެފައިވެއެވެ. އީޔޫގެ ރިޕޯޓުގައިވާ އެހެން ހުރިހާކަމަކީ ދިވެހިން އިންތިހާއަށް އެދޭ ކަންކަން ކަމަށާ އީޔޫގެ ރިޕޯޓަށް މަރުޙަބާ ކިޔާކަމަށްވެސް ނަޝީދު ވިދާޅުވެފައިވެއެވެ.

އެހެންނަމަވެސް ދީނީ މިނިވަންކަން ދިނުމާއި، މުރުތައްދުންނަށް އިންތިޚާބުތަކުގައި ވާދަކުރުމުގެ ފުރުސަތު ދިނުމަށް އީޔޫއިން ގޮވާލާފައިވާ ގޮވާލުން ނަޝީދު ކުށްވެރިކުރައްވާފައިނުވެއެވެ. އަދި އީޔޫގެ ބަޔާނުގެ އެއްވެސް ބައެއް ނަޝީދު އަމިއްލަފުޅަށް ކުށްވެރިކުރައްވާފައެއް ނުވެއެވެ.

ސަމޫ

ބަލަ. މަރުހަބާ ކީ އިސްލާމްދީނާ ހިލާފަށް އޮތް ބަޔަކަށް ނޫނޭ. އެބަޔަށް އަމަލު ނުމުރެވޭނެ ވާހަކަ އެބަޮތް. އެހެންވީމާ އެބައެގޭ މަރުހަބާކީ ދެންހުރި ބައިތަކަށްކަން.

އައިއެފް

ތިޔަވަރުގެ ބޮޑެތި ދޮގު ހަދާކަށް ނުވާނެ ނޫންތޯ. އެއީ ހަރާމްކަމެއް ނޫންތޯ. އިންސާނުންނަށް އަޅުވެތިވެ ތިބުންވެސް.

ރިހާން

ލާދީނީ މީހުންވާނީ ލާދީނީ މީހުންނަށް