ކުޅިވަރު

އޮލިމްޕިކް ކޮމެޓީގެ ކޮންގްރެސް ގޮއިދޫގައި، އެއީ ނަމޫނާ ރަށެއް: މަރޭ


ބ.އަތޮޅު ގޮއިދޫގައި އޮލިމްޕިކް ކޮމެޓީގެ އަހަރީ ބައްދަލުވުން ބާއްވަން ނިންމީ ގޮއިދޫއަކީ ދިވެހިރާއްޖޭގެ ކުޅިވަރުގައި ނަމޫނާ ރަށެއްގެ ގޮތުގައި އޮލިމްޕިކް ކޮމިޓީއަށް ފާހަގަކުރެވިގެން ކަމަށް ޖެނެރަލް ސެކެރެޓެރީ އަހުމަދު މަރުޒޫޤު ވިދާޅުވެއްޖެއެވެ.
ގޮއިދޫގައި މިހަފްތާ ބަންދުގައި ބާއްވަން ނިންމާފައިވާ އޮލިމްޕިކް ކޮމިޓީގެ އަހަރީ ބައްދަލުވުމާ ގުޅޭގޮތުން ޕީއެސްއެމް ސްޕޯރޓްސް އަށް މައުލޫމާތު ދެއްމުން ޖެނެރަލްސެރެޓެރީ އަހުމަދު މަރުޒޫޤު (މަރޭ) ވިދާޅުވީ އޮލިމްޕިކް ކޮމިޓީގެ ހަރަކާތްތައް މާލޭގެ ފިނި ކޮޓަރިން ބޭރަށް ގެންދެވޭނެ ގޮތްތަކާ ގުޅޭގޮތުން މައްޝަވަރާ ކުރަމުންދާތާ ދުވަސްތަކެއް ވެއްޖެކަމަށެވެ.
މަރޭ ވިދާޅުވީ އެކި ގޮތްގޮތުން ބެލުމަށްފަހު ރާއްޖޭގެ ކުޅިވަރުގައި މިވަގުތު އެންމެ ބޮޑަށް ކުރިއަރަމުން އަންނަ ކޮމިއުނިޓީއަކަށް އެގްޒެކްޓިވް ކޮމެޓީއަށް ފާހަގަވީ ގޮއިދޫކަމަށެވެ. ގޮއިދޫގައި އަހަރީ ބައްދަލުވުން ބާއްވަނީ ކައުންސިލާއި، ސުކޫލާއި، އަންހެނުންގެ ކޮމެޓީގެ ފުރިހަމަ އެއްބާރުލުމާއެކު ކަމަށެވެ. މަރޭ ވިދާޅުވީ ނޫސްވެރިންނާ އެކު ނުވަދިހައަށް ވުރެ ގިނަ މީހުން މިއަހަރުގެ ކޮންގްރެންސްގައި ބައިވެރިވާނެކަމަށާއި، ހޮނިހިރު ދުވުހުގެ ހެނދުނު އަހަރީ އާއްމު ބައްދަލުވުން ފެށުމަށްފަހު އެދުވަހު މެންދުރުފަހު ކުޅިވަރުގެ ހަރަކާތްތަކެއް ގޮއިދޫގެ ރައްޔިތުންނާއެކު ރޭވިފަވާކަމަށެވެ.

" އަޅުގަނޑުމެން ވަރަށް ދުވަސްވެއްޖެ މާލޭގެ ފިނިކޮޓަރިން ބޭރަށް އޮލިމްޕިކް ކޮމެޓީގެ ހަރަކާތްތައް ގެންދަން މަޝްވަރާކުރަމުންދާތާ. މިއީ ސީދާ އެގްޒެކްޓިވް ކޮމެޓީގެ ނިންމުމެއް. ގޮއިދޫން ވަރަށް ބޮޑު ތަރުހީބެއް ލިބެމުންދަނީ." މަރޭ ވިދާޅުވިއެވެ.

މަރޭ ވިދާޅުވީ ކުރިއަށް އޮތްތާނގައި އޮލިމްޕިކް ކޮމިޓީގެ ހަރަކާތްތައް ރޭވިގެންދާނީ އަތޮޅުތެރޭގައި ކަމަށާއި، މިމަސައްކަތުގެ ފެށުމަކީ އޮލިމްޕިކް ކޮމިޓީގެ އެންމެ ބޮޑުހަރަކާތް ގޮއިދޫގައި ބޭއްވުން ކަމަށެވެ.

ގޮއިދޫ ސުކޫލް

ވަރަށް ފުރިހަމަ