ޚަބަރު

ތައުލީމީ ދާއިރާގައި އައިލޭންޑާޒް އެޑިއުކޭޝަނުގެ މަސައްކަތް


ރާއްޖޭގެ ތަޢުލީމީ ދާއިރާ ތަރައްޤީކުރުމަށްޓަކާ ސަރުކާރުގެ އިތުރުން އަމިއްލަ ފަރާތްތަކުންވެސް ދަނީ ފާހަގަކޮށްލެވޭފަދަ މަސައްކަތްތަކެއް ކުރަމުންނެވެ.

މިގޮތުން އުގަންނައިދިނުމުގެ އައު ގޮތްތައް ތަޢާރަފްކުރުމުގައި ފާހަގަކޮށްލެވޭ ކާމިޔާބީތަކެއް ޙާސިލްކޮށްފައިވާ އެއްބަޔަކީ އައިލޭންޑާޒް އެޑިއުކޭޝަންނެވެ. އައިލޭންޑާޒް އެޑިއުކޭޝަނުން ބުނީ އެކުންފުނީގެ ކާމިޔާބީގެ އެންމެ އަސްލަކީ އެކުންފުނިން ގެންގުޅޭ ތަފާތު ތަސައްވުރުކަމަށެވެ.

2008ވަނަ އަހަރު ވުޖޫދަށްއައި އައިލޭންޑާޒް އެޑުއުކޭޝަން، އައި.އީއަކީ ރާއްޖޭގައި ފުރަތަމަ ބައިނަލްއަޤްވާމީ ފެންވަރުގައި ސްކޫލް ހުޅުވައި، ތަޢުލީމީ ދާއިރާއިން ގިނަ ޚިދުމަތްތަކެއް ދެމުންދާ އެންމެ ބޮޑު އެއް ކުންފުންޏެވެ.

މިކުންފުނީގެ މަޤްސަދަކީ ބަވަނަވަމުންދާ ދުނިޔޭގައި ތަޢުލީމީ ދާއިރާއަށް ތަޢާރަފްވަމުންދާ އައު ޚިދުމަތްތަކާއި ވަޞީލަތްތަކާއި ކިޔެވުމުގެ ވައްޓަފާޅި ރާއްޖެއަށް ތަޢާރަފްކޮށް، ރާއްޖޭގެ ތަޢުލީމީ ދާއިރާ ފުޅާކުރުމެވެ. މިކަން ހާސިލްކުރުމުގައި އެކުންފުނިން ވަނީ ކާމިޔާބު މަސައްކަތްތަކެއް މިހާތަނަށްކޮފައެވެ.
މިގޮތުން އެކުންފުނިން ދަނީ ވެރިރަށް މާލެގައި، ދުނިޔޭގެ އެހެން ބައެއް ޤައުމުތަކުގައިވެސް ތަޢުލީމީ ދާއިރާގައި ހަރަކާތްތެރިވާ މަޝްހޫރު ބްރޭންޑެއްކަމަށްވާ ކެންގަރޫ ކިޑްސް އެޑިއުކޭޝަން ލިމިޓެޑް (ކޭކޭއީއެލް)ގެ ސްކޫލްތައް ހިންގަމުންނެވެ. ކޭކޭއީއެލް އަކީ ދުނިޔޭގެ އެކި ޤައުމުތަކުގައި 100އެއްހައި ސްކޫލް ހިންގަމުންދާ ބަޔެކެވެ.

އައިއީގެ ދަށުން ރާއްޖޭގައި ހިންގާ ތަޢުލީމީ މުއައްސަސާތަކުން ދަނީ ޕްރީ ސްކޫލުން ފެށިގެން ޑިޕްލޮމާ ލެވެލްގެ ކޯސްތަކާހަމއަށް ޚިދުމަތް ފޯރުކޮށްދެމުންނެވެ.

އައި.އީއިން މިހާރު ރާއްޖޭގައި އެކި ކަންކޮޅުތަކުގައި ތަޢުލީމީ 13 އިންސްޓިޓިއުޓެއް ހިންގަމުންދާއިރު، މިތަންތަނުގައި 4200 ކުދިން ކިޔަވަމުންދެއެވެ. އަދި 622 މުވައްޒަފުން މަސައްކަތްކުރަމުންދެއެވެ.
ކިޔަވައިދިނުމުގެ އެންމެ ފަހުގެ ކޮންސެޕްޓުތަކާއި، ވަސީލަތްތައް ބޭނުންކޮށް ކުދިންނަށް ތަޢުލީމު އުގަންނައިދިނުމުގައި އައި.އީއިން ހޯދަމުންދާ ކުރިއެރުންތަކަށް އިޝާރާތްކުރައްވައި އައި.އީގެ އެގްޒެކެޓިވް ޑިރެކްޓަރ އަޙްމަދު ޢަދުލީ ރަޝީދު ވިދާޅުވީ ކުންފުނީގެ ކާމިޔާބީގެ ސިއްރަކީ އައު ވިސްނުތައް އިޚްތިޔާރުކުރުންކަމަށެވެ. މިގޮތުން އައި.އީގެ ދަށުން ހިންގާ އެޑިއު ކަނެކްޓުން މިހާރު ރާއްޖެއަށް ތަޢާރަފްކުރުމަށް މަސައްކަތްކުރަމުންދާ ފިންލޭންޑު އެޑިއުކެޝަން ސިސްޓަމާ ބެހޭ ގޮތުން ޢަދުލީ ވިދާލުވީ މިއީވެސް ރާއްޖޭގެ ތަޢުލީމީ ދާއިރާއަށް އިންޤީލާބީ ބަދަލްތަކެއް ގެނުވާނެ މަޝްރޫއެއްކަމަށެވެ.

ފިންލޭންޑު އެޑިއުކޭޝަން ސިސްޓަމަށް ހިންގާ ޚާއްސަ ސްކޫލެއް އަންނަ އަހަރު ރާއްޖެއަށް ތަޢާރަފްކުރުމަށް އައި.އީން ދަނީ މަސައްކަތްކުރަމުންނެވެ. މީގެއިތުރުން ފިންލެންޑު އެޑިއުކޭޝަން ޔުނިވާރސިޓީއެއް 2020ވަނަ އަހަރު ރާއްޖޭގައި ޤާއިމްކުރުމަށްވެސް އެކުންފުނިންދަނީ މަސައްކަތްކުރަމުންނެވެ. ފިންލެންޑުގެ ތަޢުލީމީ ދާއިރާއަކީ ދުނިޔޭގައިވެސް އެންމެ ކުރިއަރަމުން އަންނަ، އަދި އެންމެ ކާމިޔާބު އެއް ތަޢުލީމީ ނިޒާމެވެ. ފިންލޭޑުގެ ތަޢުލީމީ ނިޒާމަކީ ފޮތުން ހިތުދައްކުރުމަށްވުރެ ޢަމަލީގޮތުން އެކިއެކި ފިލާވަޅުތައް ނަގައިދީގެން ކުދިންނަށް ކަންކަން ދަސްކޮސްދިނުމުގެ މައްޗަށް ބައްޓަންވެފައިވާ ސިސްޓަމެކެވެ. އަދި ގިނަ ޓެސްޓުތަކެއްގެ ދިނުމުގެ ބަދަލުގައި މަދު ޓެސްޓުތަކާ، ހޯމްވޯކްވެސް މަދުން ދޭ އުގަންނައިދިނުމުގެ ސިސްޓަމެކެވެ. މިތަފާތާއެކުވެސް ބައިނަލްއަޤްވާމީ ހޯދުންތަކުން ދައްކާގޮތުގައި ފިންލޭންޑަކީ އެންމެ މޮޅު ދަރިވަރުން އުފައްދާ އަދި އެންމެ ތަފާތު ކިޔަވައިދިނުމުގެ ނިޒާމެއް ގެންގުޅޭ ޤައުމެވެ.

އައިލެންޑާޒް އެޑިއުކޭޝަނުން ރާއްޖޭގެ ތަޢުލީމީ ދާއިރާގައި ހިންގަމުންދާ ކާމިޔާބު މަޝްރޫތަކުގެ ތެރޭގައި ބިލަބޮންގ ސްކޫލްތަކާއި އޮންލައިންކޮށް ކިޔެވުމުގެ ފުރުސަތުދޭ ބައިނަލްއަޤްވާމީ ވެބްސައިޓް ޓީޗިން ޓިއިބުގެ ޚިދުމަތް ފާހަގަކޮށްލެވެއެވެ.