ކުޅިވަރު

2020ގެ ސާފް ޗެމްޕިއަންޝިޕް ޕާކިސްތާނުގައި


2020 ވަނަ އަހަރުގެ ސާފް ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތް އޮންނާނީ ޕާކިސްތާނުގައި ކަމަށް އެ ގައުމުން އިއުލާނުކޮށްފި އެވެ.

ރާއްޖެއިން ވެސް މުބާރާތް ބާއްވަން ޝައުގުވެރިވެފައިވަނިކޮށް ޕާކިސްތާނުން ދެކުނު އޭޝިޔާގެ އެންމެ ބޮޑު ފުޓްބޯޅަ މުބާރާތް ބާއްވާނެކަން ރަސްމީކޮށް އިއުލާނުކުރީ ދެކުނު އޭޝިޔާގެ ފުޓްބޯޅަ ޖަމިއްޔާ ސާފުގެ ރަސްމީ ބައްދަލުވުމަކަށްފަހު އެވެ.
މީގެ އިތުރުން އަންނަ އަހަރުން ފެށިގެން 2021 ވަނަ އަހަރާ ހަމައަށް ސަހަރައްދީ ތިން މުބާރާތެއް ވެސް ޕާކިސްތާނުގައި ބާއްވަން ވަނީ ނިންމާފަ އެވެ. އެއީ އަންނަ އަހަރު ބާއްވާ ސާފްގެ 15 އަހަރުން ދަށުގެ ފުޓްބޯޅަ މުބާރާތާއި، 2021 ގައި ބާއްވާ 19 އަހަރުން ދަށުގެ އަންހެން ސާފް ޗެމްޕިއަންޝިޕެވެ.
ކޮންމެ ދެ އަހަރުން އެއް އަހަރު ބާއްވާ ސާފް ޗެމްޕިއަންޝިޕް މި އަހަރު ބާއްވާނީ ބަނގްލަދޭޝްގެ ވެރިރަށް ޑާކާގަ އެވެ. މި މުބާރާތުގެ ސްޕޮންސަރުން ބޭނުންވަނީ ކޮންމެ ދެ މުބާރާތަކުން އެއް މުބާރާތް އިންޑިޔާގައި ބާއްވާށެވެ.

މިހާތަނަށް ސާފް ޗެމްޕިއަންޝިޕް ކާމިޔާބުކޮށްފައިވަނީ ހަ ފަހަރު މުބާރާތް ކާމިޔާބުކޮށްފައިވާ އިންޑިޔާ އާއި 2008 ގައި ދިވެހިރާއްޖެ އަދި 2003 ގައި ބަނގްލަދޭޝްގެ އިތުރުން އަފްޣާނިސްތާނެވެ.