އިލެކްޝަންސް ކޮމިޝަނުގެ ތަރުޖަމާނަކަށް އެ ކޮމިޝަންގެ މެމްބަރު އަޙްމަދު އަކްރަމް ހަމަޖައްސައިފިއެވެ.
އަޙްމަދު އަކްރަމް އެކޮމިޝަނުގެ ތަރުޖަމާނަކަށް ހަމަޖެއްސުމަށް ކޮމިޝަނުގެ މެމްބަރުން ނިންމާފައިވަނީ މިއަދު ބޭއްވި އެކޮމިޝަނުގެ ޖަލްސާގައިކަމަށް އިލެކްޝަންސް ކޮމިޝަނުން މައުލޫމާތުދެއެވެ.
އަޙްމަދު އަކްރަމް އިލެކްޝަންގެ ތަރުޖަމާނަކަށް ރަސްމީކޮށް ހަމަޖައްސާފައިވާއިރު، އިލެކްޝަންސް ކޮމިޝަންގެ ފަރާތުން މީގެ ކުރިންވެސް މީޑިއާއަށް މަޢުލޫމާތުދެއްވަމުން ގެންދެވީ އޭނާއެވެ.