ޚަބަރު

ބައިނަލްއަޤްވާމީ އަސްކަރީ ބައްދަލުވުމެއްގައި ބައިވެރިވުމަށް ޗީފް އޮފް ޑިފެންސް ފޯސް މެލޭޝިއާއަށް


ބައިނަލްއަޤްވާމީ އަސްކަރީ ބައްދަލުވުމެއްގައި ބައިވެރިވެވަޑައިގަތުމަށް ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް އަޙްމަދު ޝިޔާމް މެލޭޝިއާއަށް ފުރާވަޑައިގެންފިއެވެ.

ޗީފް އޮފް ޑިފެންސް ފޯސް 3 ދުވަހުގެ މުއްދަތަށް މެލޭޝިއާއަށް ކުރައްވާ ރަސްމީ މިދަތުރުފުޅަކީ، އޭޝިއާގެ ޤައުމުތަކުގެ އަސްކަރިއްޔާގެ އިސްވެރިން ބައިވެރިވާ "16 ވަނަ ޑިފެންސް ސަރވިސް އޭޝިއާ އެކްޒިބިޝަން އެންޑް ކޮންފަރެންސް" ގައި ބައިވެރިވެވަޑައިގަތުމަށްޓަކައި ކުރައްވާ ދަތުރުފުޅެކެވެ.

މި ކޮންފަރެންސް ބޭއްވުމަށް ހަމަޖެހިފައިވަނީ މިމަހުގެ 16 އިން 18 އަށް މެލޭޝިއާގެ ކުއަލަލަމްޕޫރުގައެވެ. މި ކޮންފަރެންސްގައި، ދުނިޔޭގެ 60 އަށްވުރެ ގިނަ ޤައުމުތަކަށް ނިސްބަތްވާ ވަފުދުތަކުން ބައިވެރިވުމަށް ހަމަޖެހިފައިވާކަމަށާއި، އަދި ބައެއް ޤައުމުތަކުގެ އަސްކަރިއްޔާގެ އެންމެ އިސް އޮފިސަރުން މި ބައްދަލުވުމުގައި ބައިވެރިވުމަށް ހަމަޖެހިފައިވާކަށް ދިވެހި އަސްކަރިއްޔާއިން މައުލޫމާތުދެއެވެ.

މި ދަތުރުފުޅު ނިންމަވާލެއްވުމަށް ފަހު ޗީފް އޮފް ޑިފެންސް ފޯސް ރާއްޖެ ވަޑައިގަންނަވާ ގޮތަށް ހަމަޖެހިފައިވަނީ މިމަހުގެ 17 ވަނަ ދުވަހުއެވެ.

ދިވެހިރާއްޖޭގެ އަސްކަރިއްޔާ އިރުތަށް ބާރު ގަދަ ކުރުމަށްޓަކައި އެމް.އެން.ޑީ.އެފުން ގެންދަނީ ދުނިޔޭގެ ބާރުގަދަ އަސްކަރިއްޔާތަކާ ގުޅިގެން މަސައްކަތް ކުރަމުންނެވެ.