ޚަބަރު

މިދިޔަ އަހަރު އެންމެ ރަގަޅަށް މަސައްކަތްކުރި ހޮސްޕިޓަލަކަށް ދ. އަތޮޅު ހޮސްޕިޓަލް

2017 ވަނަ އަހަރު ސިއްޙީ ހޭލުންތެރިކަން އިތުރުކުރުމުގެ ގޮތުން އެންމެ ރަނގަޅަށް މަސައްކަތްކުރި ހޮސްޕިޓަލަކަށް ހެލްތް މިނިސްޓްރީން ދޭ އެވޯޑް ދ. އަތޮޅު ހޮސްޕިޓަލަށް ލިބިއްޖެއެވެ.

މިއެވޯޑް ދ. އަތޮޅު ހޮސްޕިޓަލަށް ދިނީ ދުނިޔޭގެ ސިއްޙަތު ދުވަސް ފާހަގަކުރުމަށް އަރިއަތޮޅު ދެކުނުބުރީ މަހިބަދޫގައި ބޭއްވި ރަސްމީ ޖަލްސާގައެވެ.
ކުޑަހުވަދޫގައި ހުންނަ އަތޮޅު ހޮސްޕިޓަލް މިއެވޯޑް ލިބިފައިވަނީ ސިއްޙީ ހޭލުންތެރިކަން އިތުރުކުރުމަށް އެހޮސްޕިޓަލުން މުޅި އަތޮޅުތެރޭގައި ކުރިއަށްގެންގޮސްފައިވާ ތަފާތު ޕްރޮގްރާމްތަކުގެ ނަތީޖާއަށް ބަލައިގެންނެވެ.

ދުނިޔޭގެ ސިއްޙަތު ދުވަސް ފާހަގަކުރުމަށް އަރިއަތޮޅު ދެކުނުބުރީ މަހިބަދޫގައި ބޭއްވި ރަސްމީ ޖަލްސާގައި ސިއްޙީ ދާއިރާއިން ފާހަގަކޮށްލެވޭފަދަ ޚިދުމަތްތަކެއް ކުރާ އަމިއްލަ ފަރާތަކަށް ދޭ އެވޯޑާއި، މި އަހަރު މުޅިން އަލަށް ތައާރަފުކުރި ދިވެހިރާއްޖޭގެ ސިއްޙީ ދާއިރާއަށް އަމާޒުކޮށްގެން އެންމެ ފާހަގަކޮށްލެވޭ ދިރާސާއެއް ކޮށްފައިވާ ފަރާތްތަކަށް ދޭ އެވޯޑްވެސް ވަނީ ދީފައެވެ.

ސިއްޙީ ދާއިރާއިން ފާހަގަކޮށްލެވޭފަދަ ޚިދުމަތްތަކެއް ކޮށްފައިވާ އަމިއްލަ ފަރާތަކަށް ދޭ އެވޯޑް މި އަހަރު ހާސިލްކޮށްފައިވަނީ މޯލްޑިވިއަން ރެޑްކްރެސެންޓެވެ. މިއީ ޤައުމީ ފެންވަރެއްގައި ދިވެހި ރައްޔިތުންގެ ދުޅަހެޔޮކަމާއި ގުޅުހުންހުރި ގިނަ ގުނަ ޚިދުމަތްތަކެއް މޯލްޑިވިއަން ރެޑް ކްރެސެންޓުން ފޯރުކޮށްދެމުންދާތީ އެކަމަށް ހިތްވަރުދިނުމުގެ ގޮތުން ދިން އެވޯޑެކެވެ.
މީގެ އިތުރުން 2018 ވަނަ އަހަރު މުޅިން އަލަށް ދެއްވަން ފެއްޓެވި ދިވެހިރާއްޖޭގެ ސިއްޙީ ދާއިރާއަށް އަމާޒުކޮށްގެން އެންމެ ފާހަގަކޮށްލެވޭ ދިރާސާއެއް ކޮށްފައިވާ ފަރާތްތަކަށްދޭ އެވޯޑް ހާސިލުކުރީ ޑރ. އާއިޝަތު ޝިފާޒާ އެވެ. މި އެވޯޑްތައް ހަވާލުކޮށްދެއްވީ އިންދިރާ ގާނދީ މެމޯރިއަލް ހޮސްޕިޓަލުގެ ގަވަރނިންގ ބޯޑުގެ ޗެއަރޕާސަން ޑރ. އަބްދުލް އަޒީޒް ޔޫސުފުއެވެ.

މި ރަސްމިއްޔާތުގައި ވަނީ މޯލްޑިވްސް ހެލްތް ރިސަރޗް ބުލެޓިންގެ ފަސް ވަނަ އަދަދާއި، 2014 އިން 2017 އަށް ޞިއްޙީ ދާއިރާއިން ހޯދާފައިވާ ކާމިޔާބިތަކުގެ ފޮތް ނެރެފައެވެ. މީގެއިތުރުން ހެލްތް ޕްރޮޓެކްޝަން އޭޖެންސީގެ ލޯގޯ ވެސް ވަނީ އިފްތިތާހުކޮށްފައެވެ. މި ލޯގޯ އިފްތިތާހުކޮށްދެއްވީ ހެލްތް މިނިސްޓަރ އަބްދުﷲ ނާޒިމް އިބްރާހީމުއެވެ.
ސިއްޚަތު ދުވަހުގުޅޭ ޚާއްސަ މައުރަޒެއްވެސް މަހިބަދޫގައި މިއަދު ވަނީ ހުޅުވާފައެވެ. މި މައުރަޒު ހުޅުވައިދެއްވީ، ޑަބްލިއު.އެޗް.އޯއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ މަންދޫބް ޑރ. އަރުވިންދ މާތުރުއެވެ.