ޚަބަރު

އެމް.އޭ.ސީ.އެލްގެ 52ވަނަ އަހަރީ ދުވަހާއެކު ގިނަ ހަރަކާތްތަކެއް ކުރިއަށްގެންދަނީ


މޯލްޑިވްސް އެއަރޕޯޓްސް ކޮންޕެނީގެ މުވައްޒަފުންނަށް އެސްޓީއޯގެ ފިހާރަތަކުން ޚާއްސަ ޑިސްކައުންޓެއް ދިނުމަށް ނިންމައިފިއެވެ.
އެމްއޭސީއެލްގެ 52 ވަނަ އަހަރީދުވަސް ފާހަގަކުރުމަށް މިއަދު ބޭއްވި ހެދުނު ބޭއްވި ހަފްލާގައި ވަނީ މިކަމުގެ އެއްބަސްވުމުގައި ސޮއިކޮށްފައެވެ. މި އެއްބަސްވުމުގެ ދަށުން އެސްޓީއޯގެ ހޯމް އިމްޕުރޫވްމަންޓާއި އިލެކްޓްރޯނިކްސް އިން 10 ފަސެންޓާއި 5 ފަސެންޓާއި ދެމެދުގެ ޑިސްކައުންޓެއް ލިބޭނެއެވެ. އެސްޓީއޯއާއި އެމްއޭސީއެލްއާއި ދެމެދު އެކުލަވާލި އެއްބަސްވުމުގެ ދަށުން އެއަރޕޯޓްގައި ހުންނަ މީނީ މާޓް ހިންގުންވެސް ވަނީ އެސްޓީއޯއާއި ހަވާލުކޮށްފައެވެ.

އެމްއޭސީއެލްގެ 52 ވަނަ އަހަރީދުވަސް ފާހަގަކުރުމަށް އެ ކުންފުނިން އަންނަނީ ގިނަ ހަރަކާތްތަކެއް ހިންގަމުންނެވެ. މިގޮތުން މި ހަރަކާތްތައް ފަށާފައިވަނީ އެއަރޕޯޓްގަިއ ބޭއްވި ދިދަ ނެގުމުގެ ރަސްމިއްޔާތަކުންނެވެ. ދިދަ ނަގާވާދެއްވީ އެމްއޭސީއެލްގެ މެނޭޖިން ޑިރެކްޓަރ އާދިލް މޫސާ އާއި ޑެޕިއުޓީ ޗީފް އިންފޮމޭޝަން އޮފިސަރ މޫސާ ސާލިހްއެވެ.

އަހަރީ ދުވަހާއި ގުޅުވައިގެން އެމްއޭސީއެލުން ވަނީ މުވައްޒަފުނަށް އައު ސްޓާފު ކާޑަކާއި އެޕެއްވެސް ތައާރަފުކޮށްފައެވެ.