އެހެން އަހަރުތަކަށްވުރެ ގިނަ ކުންފުނިތަކުން މިފަހަރުގެ އަރަބިއަން ޓްރެވަލް މާރޓްގައި ބައިވެރިވާނެކަމަށާއި މީގެސަބަބުން މެދުއިރުމަތިން ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ އަދަދު އިތުރުވާނެކަމަށް އުންމީދުކުރެވޭ ކަމަށް މޯލްޑިވްސް މާރކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް، އެމް.އެމް.ޕީ.އާރު.ސީން ބުނެފިއެވެ.
އަރަބިއަން ޓްރެވަލް މާރޓްގައި ރާއްޖެއިން ބައިވެރިވާ ކުންފުނިތަކާ އެމް.އެމް.ޕީ.އާރު.ސީން މިއަދު ވަނީ ބައްދަލުކޮށް މަޢުލޫމާތު ހިއްސާކޮށްފައެވެ. އެގޮތުން މިއަހަރު އަރަބިއަން ޓްރެވަލް މާޓަށް ދާ ރާއްޖޭގެ ވަފުދުގައި އިސްކޮށް ހުންނަވާނީ ޓުއަރިޒަމް މިނިސްޓަރ މޫސާ ޒަމީރާއި ޔޫއޭއީގައި ހުންނަވާ ދިވެހި ސަފީރު ޙުސެއިން ނިޔާޒެވެ. މިބޭފުޅުންގެ އިތުރުން ރާއްޖޭގެ ވަފުދުގައި އެމްއެމްޕީއާރސީއާއި ރާއްޖޭގެ ކުންފުނިތަކުން ބޭފުޅުން ބައިވެރިވާނެއެވެ.
"މިއިވެންޓު ހިނގަމުންދާއިރު ރާއްޖޭގެ މަޤުބޫލުކަން އިތުރުކުރުމަށް ގިނަ ހަރަކާތްތަކެއް ކުރިޔަށްދާނެ. މިމަހުގެ 16-18 އަށް ޗައިނާގެ ބެއިޖިންގގަވެސް އަޅުގަނޑުމެންގެ އިވެންޓެއް ކުރިޔަށްދާނެ. އެއީ ޗައިނާ އައުޓް ބައުންޑް ޓްރެވަލް އެންޑް ޓުއަރިޒަމް މާރޓުގައި ދިވެހި ރާއްޖެއިން ބައިވެރިވާނެ. މީގެއިތުރުން އަމިއްލަ ފަރާތަކުންވެސް މިހަމުގެ 18-20 ސައުތް އެފްރިކާގެ ކޭޕްޓައުންގައިވެސް ރާއްޖެ ޕްރޮމޯޓްކުރުމުގެ ހަރަކާތެއް ކުރިޔަށް ގެންދާނެ. މެދުއިރުމައްޗަކީ ރާއްޖެއަށް މަޤުބޫލު މާރކެޓެއް. ކޮންމެ އަހަރަކުވެސް މެދުއިރުމަތިން ރާއްޖެ އަންނަ ފަތުރުވެރިން އިތުރުވަމުންދަނީ. އެހެންވެ އަޅުގަނޑުމެން ކުރިޔަށް ގެންދާ ކެންޕެއިންތަކުގެ ޒަރިއްޔާއިން ރާއްޖެއަށް މިމާރކެޓުން އަންނަ މީހުންގެ އަދަދު ވަރަށް ބޮޑަށް އިތުރުވާނެ. މެދުއިރުމަތިމީ ހައިއެންޑް މާރކެޓެއް. އެހެންނަމަވެސް މިރާއްޖޭގައި ހުޅުވުމަށް ތައްޔާރުވަމުންދާ އަދި މިހަރުވެސް ހިންގަމުންދާ ހައިއެންޑް ޕްރޮޕަޓީޒްގެ މަޢުލޫމަތުދެވޭނެހާރިސް މުޙައްމަދު
މިބައްދަލުވުން ނިންމާލުމަށްފަހު ޕީއެސްއެމް ނިއުސްއަށް ދިން އިންޓަރވިއުއެއްގަ އެމްއެމްޕީއާރުސީގެ އެކްޓިންގ މެނޭޖިންގ ޑިރެކްޓަރ ހާރިސް މުޙައްމަދު ވިދާޅުވީ ބޭރު ޤައުމުތަކުގައި ރާއްޖެ އިޝްތިހާރުކުރުމަށް މިނިސްޓްރީ އޮފް ޓުއަރިޒަމާއި އެމްއެމްޕީއާރުސީ އަދި އަމިއްލަ ކުންފުނިތަކުން ގިނަ ހަރަކާތްތައް ކުރިއަށް ގެންދާކަމަށެވެ. އެގޮތުން އެމްއެމްޕީއާރުސީއިން ލީޑްކޮށް، ދުބާއީގައި މިމަހުގެ 22-25 ހަށް ބާއްވާ އެރަބިއަން ޓްރެވަލް މާރޓްގައި ގިނަ ހަރަކާތްތައް ކުރިޔަށް ގެންދިއުމަށް ރާވާފައިވާކަން އޭނާ ފަހަގަކުރެއްވިއެވެ. އަދި އެހެން އަހަރުތަކަށްވުރެ ގިނަ ކުންފުނިން މިފަހަރުގެ އޭޓީއެމްގައި ބައިވެރިވާކަން ފާހަގަކުރަމުން ހާރިސް ވިދާޅުވީ މެދުއިރު މައްޗަކީ މިހާރުވެސް ރާއްޖެއަށް ގިނަ އަދަދެއްގެ ފަތުރުވެރިން އަންނަ މާރކެޓެއްކަމަށާއި މިއިވެންޓުގެ ސަބަބުންވެސް ފަތުރުވެރިންގެ އަދަދު އިތުރުވާނެކަމަށެވެ.
"މިއިވެންޓު ހިނގަމުންދާއިރު ރާއްޖޭގެ މަޤުބޫލުކަން އިތުރުކުރުމަށް ގިނަ ހަރަކާތްތަކެއް ކުރިޔަށްދާނެ. މިމަހުގެ 16-18 އަށް ޗައިނާގެ ބެއިޖިންގގަވެސް އަޅުގަނޑުމެންގެ އިވެންޓެއް ކުރިޔަށްދާނެ. އެއީ ޗައިނާ އައުޓް ބައުންޑް ޓްރެވަލް އެންޑް ޓުއަރިޒަމް މާރޓުގައި ދިވެހި ރާއްޖެއިން ބައިވެރިވާނެ. މީގެއިތުރުން އަމިއްލަ ފަރާތަކުންވެސް މިހަމުގެ 18-20 ސައުތް އެފްރިކާގެ ކޭޕްޓައުންގައިވެސް ރާއްޖެ ޕްރޮމޯޓްކުރުމުގެ ހަރަކާތެއް ކުރިޔަށް ގެންދާނެ. މެދުއިރުމައްޗަކީ ރާއްޖެއަށް މަޤުބޫލު މާރކެޓެއް. ކޮންމެ އަހަރަކުވެސް މެދުއިރުމަތިން ރާއްޖެ އަންނަ ފަތުރުވެރިން އިތުރުވަމުންދަނީ. އެހެންވެ އަޅުގަނޑުމެން ކުރިޔަށް ގެންދާ ކެންޕެއިންތަކުގެ ޒަރިއްޔާއިން ރާއްޖެއަށް މިމާރކެޓުން އަންނަ މީހުންގެ އަދަދު ވަރަށް ބޮޑަށް އިތުރުވާނެ. މެދުއިރުމަތިމީ ހައިއެންޑް މާރކެޓެއް. އެހެންނަމަވެސް މިރާއްޖޭގައި ހުޅުވުމަށް ތައްޔާރުވަމުންދާ އަދި މިހަރުވެސް ހިންގަމުންދާ ހައިއެންޑް ޕްރޮޕަޓީޒްގެ މަޢުލޫމަތުދެވޭނެ" ހާރިސް ވިދާޅުވިއެވެ.
ދުބާއީ ވޯލްޑް ޓްރޭޑް ސެންޓަރުގެ އިންޓަރނޭޝަނަލް ކޮންވެންޝަން އެންޑް އެގްޒިބިޝަން ސެންޓަރުގައި ބާއްވާ މިއަހަރުގެ އޭޓީއެމްގައި ރާއްޖޭގެ 60ހަށް ވުރެ ގިނަ ކުންފުނިން 126 އޮފިޝަލުން ބައިވެރިވުމަށް ހަމަޖެހިފައިވެއެވެ. މީގެތެރޭގައި ރާއްޖޭގައި ހަރަކާތްތެރިވާ ޓުއަރ އޮޕަރޭޓަރުންނާއި ރިޒޯޓުތަކާއި ހޮޓާ އަދި ފަތުރުވެރިކަމުގެ ދާއިރާގެ ކުންފުނިތައް ހިމެނެއެވެ. މިފެއަރގެ ތެރެއިން ރާއްޖޭގެ ސްޓޭންޑުގައި ބޭރުގެ މީޑިއާތަކާއި ފަތުރުވެރިކަމުގެ ކުންފުނިތަކާއި އެހެނިހެން ފަރާތްތަކަށް ޚާއްޞަ އިވެންޓުތަކާއި ރާއްޖޭގެ ސްޓޭންޑަށް ޒިޔާރަތްކުރާ ފަތުރުވެރިންނަށް ވީއާރު ޓެކްނޮލޮޖީ މެދުވެރިކޮށް ރާއްޖޭގެ މަންޒަރުތައް ދައްކާލުމުގެ އިތުރުން، ރާއްޖޭގެ ރަހަތަކާ ސަޤާފީ ހަރަކާތްތައް ކުރިޔަށް ގެންދާނެއެވެ.