މުނިފޫހިފިލުވުން

"ސާކް ފިލްމު ފެސްޓިވަލް 2018" ގައި ރާއްޖޭގެ ފިލްމްތައް ބައިވެރިކުރުމުގެ ފުރުސަތު ހުޅުވާލައިފި


"ސާކް ފިލްމު ފެސްޓިވަލް 2018" ގައި ރާއްޖޭގެ ފިލްމްތައް ބައިވެރިކުރުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.
ސައުތު އޭޝިއަން އެސޯސިއޭޝަން ފޮ ރީޖަނަލް ކޯޕަރޭޝަނުން އިންތިޒާމްކޮށްގެން ކުރިޔަށް ގެންދިއުމަށް ހަމަޖެހިފައިވާ ސާކް ފިލްމު ފެސްޓިވަލުގައި ރާއްޖެއިން ބައިވެރިކުރެވޭނީ 02 ކުރު ފިލްމާއި 02 ފީޗަރ ފިލްމެވެ.
"ސާކް ފިލްމު ފެސްޓިވަލް 2018" ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ މެއި މަހުގެ 22 އިން 27 އަށް ސްރީލަންކާގައެވެ.
މިފެސްޓިވަލްގައި ބައިވެރިކުރާ ފިލްމުތަކުގެ ޑައިރެކްޓަރުންނާއި އާޓިސްޓުންގެ ތެރެއިން ގިނަވެގެން 04 މީހުން ފެސްޓިވަލުގައި ބައިވެރިވެވޭނެއެވެ. މިފަރާތްތައް ސްރީލަންކާގައި ތިބުމާއި، އެތެރޭގައި ކުރަންޖެހޭ ދަތުރުފަތުރުގެ ކަންކަން މި އިވެންޓް އިންތިޒާމުކުރާ ފަރާތުން ހަމަޖައްސާނެއެވެ.
މިފެސްޓިވަލްގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކުން މިމަހުގެ 18 ވަނަދުވަހުގެ ކުރިން އެންސީއޭއަށް އެޕްލިކޭޝަން ފޯމް ހުށަހަޅަންޖެހެއެވެ.
މިދިޔަ އަހަރު ރާއްޖޭގެ ފަރާތުން މިފެސްޓިވަލްގައި ބައިވެރިވެ ބަޠަލާ ޢާއިޝަތު ރިޝްމީއަށްވަނީ ބެސްޓް އެކްޓްރަސް އެވޯޑު ލިބިފައެއެވެ.