ޚަބަރު

އިންޑިއާ ރައްޔިތުން އެޤައުމުގެ ރީތިނަމާއި ޝުހުރަތު ހިފެހެއްޓުމަށް ކުރަމުންދާ މަސައްކަތުން ދިވެހިން ޢިބްރަތް ޙާސިލްކުރަން ޖެހޭ - ޑިފެންސް މިނިސްޓަރ


އިންޑިއާ ރައްޔިތުން އެޤައުމުގެ ރީތިނަމާއި ޝުހުރަތު ހިފެހެއްޓުމަށް ކުރަމުންދާ މަސައްކަތުން ދިވެހިން ޢިބްރަތް ޙާސިލްކުރަން ޖެހޭކަމަށް މިނިސްޓަރ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސެކިއުރިޓީ އާދަމް ޝަރީފް ޢުމަރު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ މިއަދު ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ޑިޖިޓަލް ރެޕޮޒިޓަރީ، ސަރުނަ އިފްތިތާޙް ކުރުމަށް ޤައުމީ ޔުނިވަރސިޓީގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

މިނިސްޓަރ އާދަމް ޝަރީފް ވިދާޅުވީ އިންޑިއާއަކީ އެތައް ހާސްބައެއް ދިރިއުޅެމުންދާ، އެތައް ބަހަކުންވާހަކަ ދައްކާ އަދި އެތައްދީންތަކެއް އޮތް ޤައުމަކަށްވާއިރު، އެޤައުމުގެ ރައްޔިތުންގެ ކިބައިން ފެނިގެންދަނީ ޤައުމީ ލޯބިކަމަށެވެ. އަދި އިންޑިޔާ މީހުން ޤައުމުން ބޭރުގައި އުޅޭ އިރުވެސް ފެނިގެންދަނީ އެމީހުންގެ ޤައުމީ ވަންތަކަންކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ. މީގެ އިތުރުން އިންޑިއާގެ އެތޭގައި ކިތަންމެ ހަމަނުޖެހުން ބޮޑުވިކަމުގައިވީނަމަވެސް އެމީހުންގެ ލިޔުންތެރިން ބައިނަލްއަޤްވާމީ މުޖްތަމަޢަށް ދައްކަމުންދަނީ ޤައުމުގައި އޮތް ހަމަޖެހުމާއި ޤައުމީ ލޯބިކަމަށެވެ.

"އަޅުގަނޑުމެންނަށް އިންޑިޔާ ފެނިގެންދަނީ، މަހާތްމާ ގާންދީ އިންޑިޔާގެ ޤައުމިއްޔަތު ބިނާ ކުރުމަށް ކުރައްވަން މަސައްކަތް ފެއްޓެވި ހިސާބުންވެސް ޤައުމިއްޔަތުގެ ރޫޙު އާލާކޮށް ދިރުވުމަށްޓަކާއި ކެނޑިނޭޅި މަސައްކަތް ކުރަމުން އަންނަ ޤައުމެއްގެ ގޮތުގައި" މިނިސްޓަރ އާދަމް ޝަރީފް އުމަރު ވިދާޅުވިއެވެ.

"
އަޅުގަނޑުމެންނަށް އިންޑިޔާ ފެނިގެންދަނީ، މަހާތްމާ ގާންދީ އިންޑިޔާގެ ޤައުމިއްޔަތު ބިނާ ކުރުމަށް ކުރައްވަން މަސައްކަތް ފެއްޓެވި ހިސާބުންވެސް ޤައުމިއްޔަތުގެ ރޫޙު އާލާކޮށް ދިރުވުމަށްޓަކާއި ކެނޑިނޭޅި މަސައްކަތް ކުރަމުން އަންނަ ޤައުމެއްގެ ގޮތުގައި.
މިނިސްޓަރ އާދަމް ޝަރީފް އުމަރު

މިނިސްޓަރގެ ވާހަކަފުޅުގައި ގައުމިއްޔަތު ދިރުވާއާލާން ކުރަންޖޭހޭކަން ފާހަގަކުރައްވާ ވިދާޅުވީ އެ މަސައްކަތުގައި އެންމެ މުހިއްމު ދައުރެއް އަދާކުރެވޭނީ ތަޢުލީމީ ބޭފުޅުންނަށާއި ޒުވާނުންނަށް ކަމަށެވެ. އަދި ޤައުމިއްޔަތު ބިނާކޮށް ދިރުވާއާލާކުރުމުގައި ސަރުނައިގެ ދައުރުފުޅާކަން ފާހަގަކުރެއްވިއެވެ. އަދި މިއަދު އިފްތިތާޙް ކުރި ޤައުމީ ޔުނިވަރސިޓީގެ ރެޕޮސިޓަރީއަކީ ޤައުމީ ލޯތްބާއި ޤައުމިއްޔަތު އާލާކޮށް ދިވެހިރާއްޖެއާ ގުޅޭގޮތުން ސައްޙަ މަޢުލޫމާތު ބައިނަލްއަޤްވާމީ މުޖުތަމަޢަށް ފޯރުކޮށްދިނުމަށް ހުޅުވިގެން ދިޔަ ވަރަށް ރަނގަޅު ޕްލެޓްފޯމެއްކަމަށް މިނިސްޓަރ ވިދާޅުވެ، މަތީ ތަޢުލީމު ޙާސިލް ކުރައްވާ ފަރާތްތަކުން އެފަރާތްތަކުގެ ލިޔުންތައް މި ޕްލެޓްފޯމާ ޙިއްސާކުރެއްވުމަށް އިލްތިމާސް ކުރެއްވިއެވެ.