ޚަބަރު

ބޮޑެތި ބަދަލުތަކަކާއި އެކު އުރީދޫ މަސް ރޭސް ލޯންޗުކޮށްފި


"
" މިފަހަރު ތަފާތަކީ ރާއްޖޭގެ ހުރިހާ ރިސޯޓަކަށްވެސް ބައިވެރިވެވޭނެ، ކޯޕަރޭޓްސްތަކާއި މިނިސްޓްރީތަކަށްވެސް ބައިވެރިވެވޭނެ. މީގެއިތުރުން މިފަހަރު ކޮލިފައިން ރައުންޑްތަކެއް ހިނގާނެ ރާއްޖޭގެ 8 ސަރަހައްދެއްގައި. އެ ރައުންޑްތަކުން ކޮލިފައިންވެގެން ސެމީފައިނަލަށް މާލެއައިސް މަލޭގައި ރޯދަމަސްތެރޭގައި އޮންނަ މަސްރޭހުގައި ބައިވެރިވެގެން ފައިނަލަށް ދާނީ. މިފަހަރު ޤަވައިދުވެސް ވަރަށް ތަފާތު ގޮތަކަށް އިންނާނީ ހަދާފަ. ކޯޕަރޭޓްތަކުން ޖެހޭނެ އަންހެން ބޭފުޅެއް ޓީމްގައި އުޅެން"
ހުސައިން ނިޔާޒް ވިދާޅުވިއެވެ.

ބޮޑެތި ބަދަލުތަކަކާއި އެކު އުރީދޫ މަސް ރޭސް ލޯންޗުކޮށްފިއެވެ. 2 އަހަރުގެ ދުވަހުގެ މެދުކެނޑުމަށްފަހު އަލުން މި އަހަރު އުރީދޫ މަސް ރޭސް ބާއްވާނީ އެ ކުންފުނިން މިހާރު ކުރިޔަށް ގެންދާ ތަފާތު ކެމްޕެއިންގެ ތެރެއިންކަމަށެވެ.

މަސްރޭސް ލޯންޗުކުރުމަށް ހޮޓެލް ޖެންގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަމުން އުރީދޫގެ ޑައިރެކްޓަރ އޮފް ސޭލްސް ހުސައިން ނިޔާޒު ވިދާޅުވީ މި ފަހަރު މަސްރޭހުގައި ފެންނާނެ އެންމެ ބޮޑު ތަފާތަކީ މި ފަހަރުގެ ރޭހުގައި ބައިވެރިކުރާ ޓީމުތައްކަމަށެވެ. މި ގޮތުން މި ފަހަރު ރޭހުގައި ބައިވެރިވުމުގެ ފުރުސަތު އޮންނާނީ ރާޢްޖޭގައި ހިންގާ ކުންފުނިތަކާއި ރިސޯޓްތަކުގެ އިތުރުން ސަރުކާރު މުއައްސަސާތަކަށްކަމަށެވެ.

ކުންފުނިތަކާއި ސަރުކާރުގެ މުއައްސަސާތަކުން ބައިވެރިވާ ޓީމްތަކުގައި މަދުވެގެން އަންހެން ބައިވެރިއަކު ހުންނަންޖެހޭނެކަމަށެވެ. އަދި ރިސޯޓްތަކުން ބައިވެރިވާ ޓީމްތަކުގައި 1 ބިދޭސީއަކު ހުންނަން ޖެހޭނެކަމަށްވެސް ނިޔާޒު ވިދާޅުވިއެވެ. މީގެކުރިން މުޅިން މާލޭ ސަރަހައްދުގައި މި މުބާރާތް ބާއްވަމުން އައި ނަމަވެސް މި އަހަރުގެ މުބާރާތް މުޅި ރާއްޖެއަށް ވަނީ ބަހާލާފައެވެ. މިގޮތުން މި އަހަރުގެ މަސްރޭސް 2 ބުރަކަށް ބަހައިލައިގެން ކުރިޔަށް ގެންދާއިރު ކޮލިފައިން ބުރުތައް ކުރިޔަށްދާނީ ރާއްޖޭގެ 8 ސަރަހައްދެއްގައެވެ. މާލޭ ސަރަހައްދުގައި އޮންނާނީ ސެމީ ފައިނަލާއި ފައިނަލް ބުރުތައް އެކަނިކަމަށްވެސް ނިޔާޒް ވިދާޅުވިއެވެ.

" މިފަހަރު ތަފާތަކީ ރާއްޖޭގެ ހުރިހާ ރިސޯޓަކަށްވެސް ބައިވެރިވެވޭނެ، ކޯޕަރޭޓްސްތަކާއި މިނިސްޓްރީތަކަށްވެސް ބައިވެރިވެވޭނެ. މީގެއިތުރުން މިފަހަރު ކޮލިފައިން ރައުންޑްތަކެއް ހިނގާނެ ރާއްޖޭގެ 8 ސަރަހައްދެއްގައި. އެ ރައުންޑްތަކުން ކޮލިފައިންވެގެން ސެމީފައިނަލަށް މާލެއައިސް މަލޭގައި ރޯދަމަސްތެރޭގައި އޮންނަ މަސްރޭހުގައި ބައިވެރިވެގެން ފައިނަލަށް ދާނީ. މިފަހަރު ޤަވައިދުވެސް ވަރަށް ތަފާތު ގޮތަކަށް އިންނާނީ ހަދާފަ. ކޯޕަރޭޓްތަކުން ޖެހޭނެ އަންހެން ބޭފުޅެއް ޓީމްގައި އުޅެން" ހުސައިން ނިޔާޒް ވިދާޅުވިއެވެ.

މިއީ އުރީދޫ މަސްރޭސް ބާއްވާ 8 ވަނަ އަހަރެވެ. ރިސޯޓްތަކުގެ ކޮލިފައިން ބުރު އަތޮޅުތެރޭގެ އެކި ރަށްރަށުގައި ކުރިއަށްދާއިރު ކުންފުނިތަކާއި، ސަރުކާރުގެ މުވައްސަސާތަކުގެ ކޮލިފައިން ބުރު ކުރިއަށްދާނީ މާފުށީގައިކަމަށް އުރީދޫއިން ބުނެއެވެ. ކޮލިފައިން ބުރުތަކުން 1 ވަނަ އަދި 2 ވަނައަށް ހޮވޭ ޓީމުތަކަށް ސެމީ ފައިނަލް އަދި ފައިނަލް ބުރަށް ދަތުރުކުރުމުގެ ފުރުސަތު ލިބިގެންދާނެއެވެ. ކޮލިފައިން ބުރުތައް މިމަހުގެ ތެރޭގައި ފަށާއިރު ސެމީ އަދި ފައިނަލް ބުރުތައް އޮންނާނީ ރަމަޞާންމަހުގެ ތެރޭގައެވެ.