ދ. ވާނީ ޕޮލިސް ޓްރޭނިންގ ސްކޫލްގައި ފުލުހުންގެ ތަމްރީން ހަދަމުންދިޔަ ފުލުހަކު ކުއްލިގޮތަކަށް މަރުވެއްޖެއެވެ.
ފުލުހުން ބުނީ މަރުވެފައިވަނީ ދ. ވާނީ ޕޮލިސް ޓްރޭނިންގ ސްކޫލްގައި ޕޮލިސް ބޭސިކް ޓްރޭނިންގ ހަދަމުންދިޔަ ފިރިހެން ފުލުހެކެވެ. އޭނާ މަރުވީ ބަލިވެގެން ދ. ކުޑަހުވަދޫއިން ފަރުވާ ދިނުމަށްފަހު އިތުރު ފަރުވާއަށް މާލެ ގެނައުމުގެ މަގުމަތީގައެވެ. މަރުވި މީހާގެ ހަށިގަނޑު މަލެ ގެނައުމުގެ މަސައްކަތް މިހާރު ކުރަމުންދާކަމަށާއި އޭނާއާބެހޭ މަޢުލޫމާތު ފަހުން ހާމަކުރާނެކަމަށްވެސް ފުލުހުން ބުނެއެވެ.