ޚަބަރު

ބީބީއެމް އިން ރާއްޖޭގައި މަސައްކަތްކުރާ ޝެފުންނަށް މާސްޓަރ ކުލާސްތަކެއް ފަށަނީ


ބެސްޓް ބައި މޯލްޑިވްސް (ބީބީއެމް) އިން ހޮޓެލް އޭޝިއާ އެގްޒިބިޝަނަށް ތައްޔާރުވުމުގެ ގޮތުން ރާއްޖޭގައި މަސައްކަތްކުރާ ޝެފުންނަށް ޚާއްޞަކޮށްގެން މާސްޓަރ ކްލާސްތަކެއް ފަށަން ތައްޔާރުވެއްޖެއެވެ.
ހޮޓެލް އޭޝިޔާ އެގްޒިބިޝަން ބާއްވާ މޯލްޑިވްސް އެގްޒިބިޝަން އެންޑް ކޮންފަރެންސް ސަރވިސަސް (މެކްސް) އާ ގުޅިގެން ކުރިއަށްގެންދާ މި މާސްޓަރ ކްލާސްތައް އޮންނާނީ މިމަހުގެ 19 ވަނަ ދުވަހާއި އެ ދުވަހުގެ ރޭގަނޑުއެވެ.
މި ކްލާސްތަކުގައި ކިޔަވައިދޭނީ ކެއްކުމުގެ ދާއިރާގައި ހަރަކާތްތެރިވާ، ދުނިޔޭގެ މަޝްހޫރު ދެ މާހިރުން ކަމަށްވާ ސަން އިންޓަނޭޝަނަލްގެ އެގްޒެކެޓިވް ޝެފް ގެތް ޝެއިނާއާއި އެރެކް އެންޑް ސްޕައިސްގެ އެގްޒެކެޓިވް ޝެފް ރޮނާލް ޕެރެސެންޓޯއެވެ. މީގެ އިތުރުން ބަރިސްތާ ވޯކްޝޮޕެއްވެސް ބާއްވާނެކަމަށް ބީބީއެމްއިން ބުނެއެވެ.
ބީބީއެމް އިން ބުނީ މި ކްލާސްތަކުގައި ބައިވެރިވުމުގެ ފުރުޞަތު މިމަހުގެ 15 ވަނަ ދުވަހާ ހަމައަށް ހުޅުވާލާފައިވާކަމަށެވެ.
ބީބީއެމް އިން ރާއްޖޭގައި މަސައްކަތްކުރާ ކައްކާއިންނަށް ގިނަ ފުރުޞަތުތަކެއް ފަހިކޮށްދެމުންދާކަން ފާހަގަކޮށްލެވެއެވެ. އެގޮތުން ދިވެހި ޝެފުންނަށް ރާއްޖެއިން ބޭރުން ތަމްރީނު ވުމުގެ ފުރުޞަތުވެސް ފަހިކޮށްދެމުންދާކަން ފާހަގަކޮށްލެވެއެވެ.