ކުޅިވަރު

އަހަންނާއި މޮރީނިއޯ ވާހަލަ ދެއްކީ އެންމެ ދެ ފަހަރު: ޑެބްރޫނޭ


ޗެލްސީގައި ހޭދަ ކުރި ދެ އަހަރު އެއިރުގެ ކޯޗު ހޯސޭ މޮރީނިއޯ އޭނާއާ ވާހަކަ ދެއްކީ އެންމެ ދެ ފަހަރު ކަމަށް މެންޗެސްޓާ ސިޓީގެ މިޑްފީލްޑަރު ކެވިޑް ޑެބްރޫނޭ ބުނެފި އެވެ.
އޭނާ މިހެން ބުނީ މެންޗެސްޓާ ސިޓީ އާއި ޔުނައިޓެޑް މިއަދު ކުޅޭ މެޗުގެ ކުރިން ޔުނައިޓެޑްގެ މިހާރުގެ ކޯޗާއި އޭނާއާ އޮތް ގުޅުމާ ބެހޭ ގޮތުން ނޫސްވެރިން ސުވާލު ކުރުމުންނެވެ. މި މެޗުން ސިޓީ މޮޅުވެއްޖެނަމަ އެ ޓީމަށް ޕްރެމިއަ ލީގުގެ ޗެމްޕިއަންކަން ލިބިގެންދާނެއެވެ. އަދި މިއީ ޑެބްރޫނޭ ޕްރެމިއާ ލީގު ހޯދާ ފުރަތަމަ ފަހަރަށް ވެގެންދާނެ އެވެ.
"އަހަންނަކީ ކޯޗުންނާ މާގިނަ ވާހަކަ ދައްކާ މީހެއްނޫން. ކޯޗު ބޭނުންވެއްޖެނަމަ އަހަރެން ވާހަކަ ދައްކާނީ. އަހަރެން ބުނަން ޖެހެނީ ކޯޗު ހުރިހާ ކުޅުންތެރިންނަށް ވެސް ހަމަހަމަވާންޖެހޭނެއޭ. އެކަމަކު އަހަންނާއި މޮރީނިއޯއާ ދެމެދު އޮތީ އެހާ ގާތް ގުޅުމެއްނޫން،" ޑެބްރޫނޭ ބުންޏެވެ.

އޭނާ ބުނީ މޮރީނިއޯ އޭނާ އާއި އެންމެ ފުރަތަމަ ވާހަކަ ދެއްކީ ޖަރުމަނުގެ ޗެލްސީ އަށް ބަދަލުވާން އުޅުނު ދުވަސްވަރު ކަމަށެވެ.

"އަހަރެން ޗެލްސީ އަށް އަންނަން އުޅުނު ދުވަސްވަރަކީ ފުރަތަމަ ވާހަކަ ދެއްކި ދުވަސްވަރު. ދެެ ވަނަ ފަހަރަކީ (ޓީމުން ޖާގަ ނުދޭތީވެ) އެންމެ ރަނގަޅުވާނީ (ޗެލްސީއިން) ދިޔައިއްޔާއޭ ބުނި ފަހަރު. އަހަރެން ބޭނުންވަނީ ފުޓްބޯޅަ ކުޅޭށޭ ބުނި ފަހަރު،" ޑެބްރޫނޭ ބުންޏެވެ.

މި ސީޒަނުގައި ސިޓީގެ ތަރިއަކީ ޑެބްރޫނޭ އެވެ. އޭނާ އަކީ ޕްރެމިއާ ލީގުގެ މި ސީޒަނުގެ މޮޅު ކުޅުންތެރިޔާ އެވެ. އޭނާ ބުނީ ޗެލްސީގައި ކަންތައްތައް މެދުވެރިވި ނޭދެވޭ ގޮތުން އެ ޓީމަށް ބަދަލުވެވުނީތީވެ މާބޮޑު ދެރައެއްނުވާ ކަމަށެވެ. އަދި ދެ ވަނަ ފަހަރަށް ޖަރުމަނު ލީގަށް ދިއުމަށް ފަހު އެނބުރި ސިޓީ އަށް ބަދަލުވީ ޕީއެސްޖީ ފަދަ ކުލަބުތަކުން ރަނގަޅު އޮފާތަކެއް ލިބިފައިވަނިކޮށް ކަމަށެވެ.