ޚަބަރު

ފާއިތުވި 4 އަހަރު ހައްދުންމަތީގެ ކޮންމެ ބޮލަކަށް ދެލައްކައަށްވުރެ ގިނަ ރުފިޔާ އިންވެސްޓް ކުރި - މިނިސްޓަރ ސަޢީދު


ރައީސް ޔާމީންގެ ސަރުކާރުން ފާއިތުވި 4 އަހަރު ހައްދުންމަތީގެ ތަރައްޤީއަށް ކޮންމެ ރައްޔިތެއްގެ ބޮލަކަށް ދެލައްކަ ސާޅީސް ފަސްހާސް ރުފިޔާ އިންވެސްޓްކޮށްފައިވާކަމަށް އިކޮނަމިކް މިނިސްޓަރ މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ.

"މިތިބޫ ރައީސް ޔާމީނާއި އެކީ" މިނަމުގައި ޕީ.ޕީ.އެމުން ހައްދުންމަތީ ގަމުގައި ބޭއްވި ޖަލްސާގައި ވާހަކަފުޅުދައްކަވަމުން އިކޮނަމިކް މިނިސްޓަރ ސަޢީދު ވިދާޅުވީ، މިނިވަންކަމާއި ހަމަޖެހުން ރާއްޖެއަށް ލިބުމަށާއި، ރާއްޖެ އަމާން ބަނދަރަކަށް ގެންދިއުމަށް 2013 ވަނަ އަހަރު ރައްޔިތުންނަށް ލިބުނު ފުރުޞަތުގައި ރައީސް ޔާމީން ޤައުމުގެ ވެރިކަމަށް ގެންނެވުމުން ދިވެހި ޤައުމަށް އެތައް ގޮތަކުން ފައިދާ ލިބެމުންދާ ކަމަށެވެ. މި މުހިންމު ނިންމުމުގެ ސަބަބުން މިއަދާއި ހަމައަށް ދިވެހިރާއްޖޭގެ ރިޒާވްގައި 720 މިލިޔަނެއްހާ އެމެރިކާ ޑޮލަރު ޖަމާކުރެވިފައިވާކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ. އަދި މި ހަތަރު އަހަރުގެ ތެރޭގައި ހައްދުންމަތީގެ ރައްޔިތުންނަށް ނިސްބަތުން ގިނަގުނަ ފައިދާތައް ލިބިގެންދިޔަކަމަށް މިނިސްޓަރ ސައީދު ވިދާޅުވިއެވެ. އެގޮތުން 12 ހާހެއްހާ މީހުން ދިރިއުޅޭ ހައްދުންމަތި ތަރައްޤީ ކުރުމަށް މިވޭތުވެދިޔަ ހަތަރު އަހަރު ކުރި އިންވެސްޓްމަންޓުން ކޮންމެ ރައްޔިތެއްގެ ބޮލަކަށް ދެލައްކަ ސާޅީސް ފަސްހާސް ރުފިޔާ ޖެހިފައިވާކަން ސައީދު ފާހަގަކުރެއްވިއެވެ

ހައްދުންމަތީ ގަމުގައި ބޭއްވި ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފާތިމަތު އިބްރާހިމްއާއި ވަޒީރުންނާއި ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނާއި ގިނަ އަދަދެއްގެ ރައްޔިތުން ބައިވެރިވެވަޑައިގެންނެވިއެވެ.

އަސްލުހާލަތު

ސައީދުގެ އަތޮޅަކީ ލާމަށް ވުރެއް ދެގުނަ އާބާދީ ބޮޑު އަދި މުޅި ރާއްޖެއިންވެސް 3 ވަނަ އާބާދީ.އެއަތޮޅަށް ކިހާވަރެއް އިންވެސްޓްކުރެވިއްޖެތޯ؟ އެ އަތޮޅު އޮތްކަން އެނގޭތޯ؟ އައިހެވަނެކޭ އެއަރޕޯޓެކޭ ކިޔާ ދަޅަ ދެއްކުން ނޫންކަމެއް ނުވޭ