ދުނިޔެ

85 ބިލިއަން ފީފާގެ ތެލުގެ ރިޒާވެއް ބަހްރެއިނުން ފެނިއްޖެ


ގަލްފުގެ ޤައުމެއްކަމަށްވާ ބަޙްރެއިނުން 80 ބިލިއަން ފީފާގެ ތެލުގެ ރިޒާވެއް ފެނިއްޖެއެވެ.
ޚަބަރުތައް ބުނާގޮތުން 772 އަކަ މޭލުގެ ސަޜަހައްދެއް ކަވަރުކުރާ ތެލުގެ ރިޒާވް ފެނިފައިވަނީ އެޤައުމުގެ ހުޅަނގު އައްސޭރިފަށުގެ ތިލަ ހިސާބަކުންނެވެ. ތެޔޮ ފެނުނު ސަރަޙައްދުން 10 ޓްރިލިއަނާއި 20 ޓްރިލިއަނާއި ދެމެދުގެ އަދަދަކަށް ޤުދުރަތީ ގޭސްވެސް ފެނިފައިވާކަމަށް ބަހްރެއިނުގެ ތެލާބެހޭ ވުޒާރާއިން ބުނެއެވެ.
ބަހްރެއިނުން އަލަށް ފެނުނު ތެޔޮ ރިޒާވުން ތެޔޮ ނެގުމަށް ފަސް އަހަރެއްހާ ދުވަސް ހޭދަވާނެކަމަށާއި މިހާރު ކުރިއަށްދަނީ އިތުރު ދިރާސާތައް ހެދުމުގެ މަސައްކަތްތަކަށް ބަހްރެއިނުން ބުނެއެވެ.
1932 ގައި ބަހްރެއިނުން ތެޔޮ ފެނުނުއިރު އެޤައުމަކީ ޤަލްފުގެ ޤައުމުތަކުގެ ތެރެއިން އެންމެ ފުރަތަމަ ތެޔޮ ފެނުނު އެއް ޤައުމެވެ. ނަމަވެސް މިއަދު އެޤައުމަކީ ޤަލްފުގައި ތެލުގެ އެންމެ ކުޑަ ރިޒާވް އޮންނަ ޤައުމެވެ. އެޤައުމުން ދުވާލަކު އުފައްދަނީ 50،000 ފީފާގެ ތެލެވެ. އިތުރު ތެޔޮ ރިޒާވެއް އޮތް ނަމަވެސް، އެއީ ސަޢުދީ އަޜަބިއްޔާއާއެކު ހިންގާ ރިޒާވެކެވެ.