ވިޔަފާރި

ދޮށީގެ މަސްވެރިކަން ކުރިއެރުވުމަށް އެމް.އޯ.ޔޫ އެއްގައި ސޮއިކޮށްފި





 


ދޮށީގެ މަސްވެރިކަށް ކުރިއެރުވުމަށާއި، ސަރުކާރުގެ އެކި  ޕުރޮޖެކްޓްތަކުގައި އެހީތެރިވެދިނުމަށް، ފިޝަރީޒް މިނިސްޓްރީން އިންޓަރނޭޝަނަލް ޕޯލް އެންޑް ލައިން ފައުންޑޭޝަނާއެކު އެމްއޯޔޫއެއްގައި ސޮއިކޮށްފިއެވެ.


 
މި އެމްއޯޔޫގައި ފިޝަރީޒް މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ފިޝަރީޒް މިނިސްޓަރ ޑރ މުހައްމަދު ޝައިނީއެވެ. އަދި އައި ޕީ އެލް އެފްގެ ފަރާތުން ސޮއިކުރެއްވީ އެ ފައުންޑޭޝަންގެ ޑިރެކްޓަރ ޖޯން ބާޓެންއެވެ.


 
އެމްއޯޔޫގައި ސޮއިކުރެއްވުމަށްފަހު ނޫސްވެރިންނާ ބައްދަލުކުރައްވާ ފިޝަރީޒް މިނިސްޓަރ ޑރ މުހައްމަދު ޝައިނީ ވިދާޅުވީ ސަރުކާރުގެ ޕްރޮޖެކްޓްތަކަށް އެހީތެރިވުމުގެ އިތުރުން މަސްވެރިން ބިނާ ކުރުމަށްޓަކައި ފިޝަަމެން އެސޯސިއޭޝަންއާ އެކު ވަރަށް ގިނަ މަސައްކަތްތަކެއް ކުރެވެމުންދާކަމަށެވެ. އެގޮތުން ފިޝަމެން އެސޯސިއޭޝަންގެ ކޮމިޓީ ސެންޓަރ ތަރައްގީކޮށް މަސްވެރިން ތަމްރީނުކުރުމަށްޓަކައި 120 ހާސް ޑޮލަރުގެ އެގްރީމެންޓެއްގައި ސޮއިކޮށް މަސައްކަތް ކުރަމުންދާކަމަށް މިނިސްޓަރ ވިދާޅުވިއެވެ.


 
 


އިންޓަރނޭޝަނަލް ޕޯލް އެންޑް ލައިން ފައުނޑޭޝަން އަކީ އިނގިރޭސީ ވިލާތުގައި ރަޖިސްޓްރީކޮށްފައިވާ ފައުންޑޭޝަނެކެވެ. އަދި މި ފައުންޑޭޝަންގެ ސަބަބުން ރާއްޖޭގެ މަސްވެރިކަން ޔޫރަޕުގެ ޤައުމުތަކުގައި އިޝްތިހާރުކުރުމުގެ ފުރުސަތުލިބިގެންދާނެކަމަށް ފިޝަރީޒް މިނިސްޓަރ ވިދާޅުވިއެވެ.