ކުޅިވަރު

ކްލަބް މޯލްޑިވްސްކަޕްގެ ގަދަ 16 ގައި ވާދަކުރާނެ ޓީމްތައް ކަނޑައަޅައިފި


ކްލަބް މޯލްޑިވްސް ކަޕް ފުޓްސެލް މުބާރާތުގެ ގަދަ ސޯޅައިގައި ޓީމްތައް ވާދަކުރާނެ ގޮތް ކަނޑައަޅައިފިއެވެ.
ގަދަ ސޯޅައިގައި ދިރާގު ވާދަ ކުރާނީ ވެމްކޯއާއެވެ. އަދި މޯލްޑިވިއަން ވާދަކުރާނީ ޕޮލިސް ކްލަބާއެވެ. ކްލަބް ޓީސީއެލް ޕަބްލިކް ވޯކްސްއާ ބައްދަލުކުރާއިރު، ޓީމް އެފް އެސް އެމް ވާދަކުރާނީ އެލައިޑާއެވެ. އެޗް ޑީސީ ވާދަކުރަން ޖެހުނީ ސްޓެލްކޯއާއެވެ. އުރީދޫ ވާދަކުރާނީ ކަސްޓަމްސް ރެކްރިއޭޝަން ކްލަބާއެވެ. އަދި ކްލަބް ޕްރިޒަން ވާދަކުރަން ޖެހުނީ އެމްޕީއެލްއާއެވެ. ޔުނައިޓެޑް ބީއެމްއެލް ވާދަކުރާނީ އެމްޓީސީސީއާއެވެ.
ފާއިތުވި އަހަރުތަކުގައި ފާހަގަ ކޮށްލެވުނު ބައެއް ޓީމްތައް މިފަހަރުގެ ގަދަ ސޯޅައަށް ނުގޮސްވަނީ ކަޓާފައެވެ. އޭގެ ތެރޭގައި އެސްޓީއޯ ރެކްރިއޭޝަން ކްލަބް އަދި އިމިގްރޭޝަން ހިމެނެއެވެ.
އަށް ގްރޫޕްގެ އެއްވަނަ އަދި ދެވަނަ ޓީމްތަކާއެކު ގަދަ ސޯޅަ ނުވަތަ ދެވަނަ ބުރުގެ މެޗުތައް ކުޅޭނީ މިމަހު ހަވަނަ ދުވަހާއި ހަތްވަނަ ދުވަހުއެވެ.