ޚަބަރު

މަސީގެ މެންބަރު ކުންފުނިތަކަށް އެލައިޑުން 20 އިންސައްތަ ޑިސްކައުންޓް ދެނީ


"
"އަޅުގަނޑުމެން މިއަދުން ފެށިގެން 1 އަހަރު ދުވަހުގެ މުއްދަތަކަށް އަޅުގަނޑުމެން މި ހުޅުވާލީ މަސީގެ މެންބަރެއް ކަމަށް ވެއްޖިއްޔާ ސީދާ އެލައިޑުން އިންޝުއަރެންސް ނަންގަވާ ކަމަށްވެއްޖިއްޔާމުން %20 ގެ ޑިސްކައުންޓެއް އެލައިޑް އިންޝިއަރެންސް އިންވެސް އަދި އަޅުގަނޑުމެންގެ އިސްލާމިކް ވިންޑޯ އަޔާދީ ތަކަފުލް އިންވެސް ބިލްޑާރސް އިންޝުއަރެންސްގެ ޕްރޮޑަކްޓްތަކުން ތިން ޕްރޮޑަކްޓުން ލިބޭނެ."
އެލައިޑްގެ ޖެނެރަލް މެނޭޖަރ ސޭލްސް އިބްރާހިމް ފިރުޝާން

އެލައިޑުން ތައާރަފުކޮށްފައިވާ އެލައިޑް ބިލްޑާރސް އިންޝުއަރެންސް އިން މޯލްޑިވްސް އެސޯސިއޭޝަން އޮފް ކޮންސްޓަރކްޝަން އިންޑަސްޓްރީ މަސީގެ މެންބަރު ކުންފުނިތަކަށް 20 އިންސައްތަ ޑިސްކައުންޓް ދިނުމަށް ނިންމައިފިއެވެ.
އެލައިޑުން މިކަން އިއުލާންކޮށްފައިވަނީ އިމާރާތްކުރުމުގެ ދާއިރާގައި މަސައްކަތްކުރާ ގިނަ އަދަދެއް ކޮންސްޓަރަކްޝަން ކުންފުނިތަކާއި މަސީގެ އިސްވެރިންނާއި އެކު އެލައިޑް ބިލްޑާސްގެ ޑިނާގެ ނަމުގައި ޗަމްޕާ ސެންޓްރަލްގައި ބޭއްވި ޙާއްސަ ހަފްލާއެއްގައެވެ.
އެލައިޑްގެ ޖެނެރަލް މެނޭޖަރ ސޭލްސް އިބްރާހިމް ފިރުޝާން ވިދާޅުވީ އެލައިޑުގެ ބިލްޑާރސް އިންޝުއަރެންސް އިން މަސީގެ މެންބަރުންނަށް 20 އިންސައްތައިގެ ޑިސްކައުންޓެއް އެއް އަހަރު ދުވަހުގެ މުއްދަތައް ލިބޭނެކަމަށެވެ.
ކޮންސްޓަރކްޝަން ކުންފުނިތަކަށް ހާއްސަކޮށްގެން އެލައިޑް ބިލްޑާރސް އިންޝުއަރެންސް ތައާރަފްކޮށްފައިވަނީ އެ ކުންފުންޏަށް 33 އަހަރު ފުރުމުގެ މުނާސަބަތުގައެވެ. ބިލްޑާރސް އިންޝުއަރެންސް އަކީ އިމާރާތް ކުރަމުންދާ ވަގުތުގައި ލިބިދާނެ އެންމެހައި ގެއްލުމަކަށް ބަދަލު ދިނުމުގެ ގޮތުން އެލައިޑުން ތަޢާރަފްކޮށްފައިވާ އިންޝުއަރެންސް ޕޮލިސީއެކެވެ. އެގޮތުން މި ޕޮލިސީގެ ދަށުން އިމާރާތް ކުރަން ބޭނުންކުރާ ތަކެއްޗާއި، އިމާރާތާއި، މަގުމަތިން ހިނގާ މީހުންނާއި، އަދި ޖެހިގެން ހުރި އިމާރާތައް އިމާރާތް ކުރަމުންދާ ވަގުތު ލިބޭ އެންމެހައި ގެއްލުންތަކަށް ބަދަލު ލިބިގެންދާނެކަމަށް އެލައިޑުން ބުނެއެވެ. އަދި މި ޕޮލިސީގެ ދަށުން ބިލްޑާރސް ބޭސިކްއާއި ބިލްޑާރސް ބޭސިކް ޕްލަސް އާއި ބިލްޑާރސް ޕްރިމިއަރގެ ގޮތުގައި ތިން ޕެކޭޖުވެސް ވަނީ ތައާރަފުކޮށްފައެވެ. އަދި މި ޕެކޭޖްތަކުގެ ދަށުން ތާޑް ޕާޓީ ލައިބިލިޓީގެ ދަށުން މީހުންނަށް ލިބޭ ގެއްލުންތަކަށް 100،000ރ އާއި ހަމައަށް ލިބޭނެއެވެ. އަދި ޕްރޮޕަޓީއަށް ލިބޭ ގެއްލުމުގެ ގޮތުގައި 100،000ރ ވެސް ކަށަވަރުވާނެކަމަށްވެސް އެލައިޑުން ބުނެއެވެ.