ކުޅިވަރު

ފައިނަލް ބުރަށް މާޅޮސް ޓީމް ވަރުގަދަކޮށްފި


މިނިވަން ޗެމްޕިއަންޝިޕްގެ ފައިނަލް ބުރަށް މާޅޮސް ޓީމް ވަރުގަދަކޮށްފިއެވެ.
މިދިޔަ އަހަރު ދިވެހި ލީގުގައި ވާދަކޮށް ރަނގަޅު ނަތީޖާތަކެއް ހޯދި އއ.މާޅޮސް ޓީމް މިހާރު ވަނީ ކޯޗު އަލީ ނިޝްތާރުގެ އިރުޝާދުގެ ދަށުން އެރަށުގައި ޕްރެކްޓިސް ފަށާފައެވެ. ޓީމް ޕްރެކްޓިސް ކުރަމުންދަނީ ބިދޭސީ ތިން ކުޅުންތެރިންނާއެކުއެވެ. ހަތަރުވަނަ ކުޅުންތެރިއަކުވެސް ވަރަށް އަވަހަށް ޓީމާ ގުޅޭނެކަމަށް މާޅޮސް ސްޕޯރޓްސް ކްލަބުން މައުލޫމާތުދެއެވެ.
ޓީމްގައި މިވަގުތު ތިބި ތިން ކުޅުންތެރިންނަކީ ޕާކިސްތާންގެ އެއްވަނަ ކީޕަރު ސާގިބުއާއި، ޓީސީގެ މެދުތެރެއަސް ކުޅުނު ހަލީލްއާއި، މިޞްރުގެ ފުރަތަމަ ޑިވިޝަންގައި ކުޅެފައިވާ ޑިފެންޑަރެކެވެ. ޓީމާ ދެން ގުޅޭނީ މިޞްރުގެ ފޯވާޑެއްކަމަށް ކްލަބުން މައުލޫމާތުދެއެވެ.
މާޅޮސް ޓީމުން މިހާރު ތައްޔާރުވަމުންދަނީ ފައިނަލް ބުރުގައި ވާދަކޮށް ސެމީފައިނަލަށް ދަތުރުކުރަން އަމާޒު ހިފައިގެންނެވެ. ފުރަތަމަ ޑިވިޝަންގެ ޓީމްތަކާއެކު ދިވެހި ޕްރިމިއަރ ލީގުން ފުރުޞަތު ލިބޭނީ މިނިވަން ޗެމްޕިއަންޝިޕްގެ ފައިނަލުން ބުރުން ސެމީފައިނަލްގައި ވާދަކުރާ ހަތަރު ޓީމަށެވެ.
މާޅޮސް މިދިޔަ އަހަރު ދިވެހި ލީގުގައި ވާދަކޮށްފައިވާތީ މިފަހަރު އަތޮޅު ބުރާއި، ޒީންގައި ވާދަކުރާކަށް ނުޖެހެއެވެ.

ރިޒޫ

އޭދަފުށި އަތޮޅުބުރުން ކެޓީމަ ވަރަށް ދެރަ