ދުނިޔެ

މިޞްރަކީ އިންސާފުވެރި، ސުލްޙަވެރި އަދި ފާޤަތި ގައުމަކަށް ހައްދަވާނެ - ސީސީ





 


މިޞްރަކީ އިންސާފުވެރި، ސުލްޙަވެރި އަދި ފާޤަތި ގައުމަކަށް ހައްދަވާނެ ކަމަށް މިޞްރުގެ އާރައީސް ޢަބްދުލް ފައްތާޙު ޢަލް ސީސީ ވިދާޅުވެއްޖެއެވެ.


 
މިޞްރުގެ ރައީސް މިހެން ވިދާޅުވެފައިވަނީ މިޞްރުގައި މަސައްކަތް ކުރައްވަމުން ގެންދަވާ ބޭރުގެ ޑިޕްލޮމެޓުންނާ ބައްދަލުކުރައްވާ ވާހަކަފުޅު ދައްކަވަމުންނެވެ. ޢަލް ސީސީ ވިދާޅުވީ މިޞްރު އާރާސްތުކުރުމަށް ކުރައްވާ މަސައްކަތުގައި މިޞްރުގެ އެތެރޭގެ މަސްރަހު ހަމައަކަށް އެޅުވުމާ ބޭރުގެ ފަރާތްތަކާއެކު އޮންނަ ގުޅުންތައް ހަރުދަނާކުރުމަށް ފިޔަވަޅުތަކެއް އަޅުއްވާނެ ކަމަށެވެ. އަދި މީގެ ކުރީގެ މިޞްރު ސަރުކާރަށް ހެދިފައިވާ ގޯސްތައް ރަނގަޅު ކުރުމަށް ވެސް މަސައްކަތް ކުރައްވާނެ ކަމަށް މިޞްރުގެ ރައީސް ވިދާޅުވިއެވެ.


 
 


މިޞްރުގައި މިދިޔަ މަހު ބޭއްވި ރިޔާސީ އިންތިޚާބު ޢަލް ސީސީ ކާމިޔާބުކުރައްވާފައިވަނީ ވޯޓުގެ 97 އިންސައްތަ ކާމިޔާބު ކުރައްވައިގެންނެވެ.