މުނިފޫހިފިލުވުން

އައިޑަލްގެ ގަދަ 9 އިން އިބްރާހީމް ޝަމީލް ކަޓައިފި


މޯލްޑިވިއަން އައިޑަލްގެ ގަދަ ދިހަޔަކުން އިބްރާހީމް ޝަމީލް ކަޓައި، އައިޑަލްގެ ގަދަ 8 ބައިވެރިން ކަށަވަރުވެއްޖެއެވެ.
މޯލްޑިވިއަން އައިޑަލްގެ ގަދަ 8 އަށް ދަތުރި ބައިވެރިންނަކީ
ޙަސަން ޝަހުދާން، އައިމިނަތު ސައިނާ މުޙައްމަދު ރަޝީދު، ތަސްލީމް ޢަބްދުލްކަރީމް، ނައުޝާދު ޢަބްދުލްލަތީފް، ރައިހާން އާދަމް، މަރިޔަމް މައީޝާ، ޢަބްދުﷲ މުނާޒް، އައިޝަތު އަޒަލް ޢަލީ ޒާހިރު،
ގަދަ 8 އަށް ދަތުރުކުރި ބައިވެރިން ހޮވާފައިވަނީ ގަދަ 9 ގައި ވާދަކުރި ބައިވެރިންގެ ތެރެއިން ޖަޖުންގެ 50 އިންސައްތައާއި، ސަޕޯޓަރުންގެ 50 އިންތަ ވޯޓުން އެންމެ މަތިން މާކްސް ލިބުނު ބައިވެރިންނެވެ.
މި ހަފްތާގައި ބޮޓޮމް ތްރީއަށް ދިޔަ ބައިވެރިންނަކީ ޝަމީލާއި ނައުޝާދު ޢަބްދުލްލަތީފާއި ރައިހާން އާދަމެވެ.
ގަދަ 8 ބައިވެރިން ހޮވުމަށް ބޭއްވި ޝޯވަގއި ބައިވެރިން ލަވަ ހުށައަޅާފައިވަނީ "މޫވީ ނައިޓް" މިތީމަށެވެ. މި ތީމަށް ބައިވެރިންވަނީ ހިތްގައިމު ލަވަތަކެއް ހުށައަޅާދީފައެވެ.
ގަދަ ނުވަ ބައިވެރިންގެ ތެރޭގައި ނުހިމެނި ޝޯވއާއި ވަކިވެގެންދިޔަ އިބްރާހީމް ޝަމީލް ވަނީ މި ސީޒަންގައި ރީތި ހިތްގައިމު ހުށައެޅުންތަކެއް ހުށައަޅާފައެވެ. މިރޭގެ އެލިމިނޭޝަން ޝޯވގައި ހިތްގައިމު ގްރޫޕް ހުށައެޅުންތެކެއް ފެނިގެންގޮސްފައިވެއެވެ.