ޚަބަރު

އަންނަ އާދިއްތަ ދުވަހުންފެށިގެން މުދާ އުފުލާ ގަޑިތަކުގެ އުސޫލަށް ޢަމަލުކުރަނީ


އަންނަ އާދިއްތަ ދުވަހުންފެށިގެން މުދާ އުފުލާ ގަޑިތަކުގެ އުސޫލަށް ޢަމަލުކުރަން ފަށާނެކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އޮތޯރިޓިން ބުނެފިއެވެ.
ޓްރާންސްޕޯޓް އޮތޯރިޓީން ވަނީ އަންނަ އާދިއްތަ ދުވަހުން ފެށިގެން މާލެތެރެއަށް ވިއްކުމަށާއި ގުދަންކުރުމަށް ގަނޑުކޮށް އުފުލާ މުދަލާއި، ޢިމާރާތްކުރުމަށް ބޭނުންވާ ސާމާނުތަކާއި ބުއިމަށް ބޭނުންކުރާ ފެނާއި އެހެނިހެން ބުއިންތަކުގެ އިތުރުން ބޮޑެތި މުދާފަދަ ތަކެތި އެއްތަނުން އަނެއްތަނަށް ދުވާލު ގަޑީގައި އުފުލުން މަނާކޮށްފައެވެ. ޓްރާންސްޕޯޓް އޮތޯރިޓީން ބުނީ އާދިއްތަ ދުވަހުންފެށިގެން މާލޭގެ މަގުތަކުގައި މުދާ އުފުލޭނީ ހަވީރު 6:00 އިން އިން ހެނދުނު 6:00 އަށް ކަމަށެވެ.
ދުވާލުގެ ވަގުތުތަކުގައި މުދާ އުފުލުން މަނާކުރިނަމަވެސް ކައްކަން ބޭނުންކުރާ ގޭސް ދުވާލުގެ ބައެއް ވަގުތަކުގައި ޑެލިވަރީކުރުމުގެ ހުއްދަވަނީ ދީފައެވެ.
އެގޮތުން ދުވާލު ގޭސް ޑެލިވަރީ ކުރެވޭނީ ހެދުނު 8:30 މެންދުރު 11:00 އާ ހަމައަށެވެ. އަދި ރޭގަޑުވެސް ގޭސް ޑެލިވަރީކުރެވޭނެކަމަށްވެސް ޓްރާންސްޕޯރޓް އޮތޯރިޓީން ބުނެއެވެ. އެގޮތުން ހަވީރު 6:00 ހެނދުނު 6:00 ކައްކަން ބޭނުންކުރާ ގޭސް ޑެލިވަރ ކުރެވޭނެއެވެ.