ޚަބަރު

ޕީޕީއެމް ރުމާލު 2 ޖަގަހައަށް ބަޔަކު ވަދެ ހުޅުޖަހައި ރޯކޮށްލައިފި


ޕީީޕީއެމްގެ ރުމާލު ރުމާލު 2 ޖަހައަށް ބަޔަކުވަދެ އެތަނުގައި ހުޅު ޖަހައި ބޮޑެތި ގެއްލުންތަކެއް ދީފިއެވެ. 

ޕީޕީއެމްގެ ޒުވާނުން ގޮފީގެ ރައީސް އިބްރާހިމް ޔޫސުފް ވިދާޅުވީ ރުމާލު 2 ބަޔަކަށް ވަދެ އެތަނަށް ޕެޓްރޯލް އަޅާ ހުޅު ޖަހާފައިވަނީ ރޭ ފަތިހު 04:20 އެހާކަންހާއިރުކަމަށެވެ. އަދި އެތަނުގައި ރޯކޮށްލުމުގެ ސަބަބުން އެތަނުގެ ސްޓޭޖާއި ޕޯޑިއަމް ބޭނުންނުކުރެވޭ ވަރަށް އަނދާފައިވާކަމަށްވެސް ޔޫސުފް ވިދާޅުވިއެވެ. އަދި އެއްވަނަ ބުރީގެ ޑެކަށްވެސް ގެއްލުން ލިބިފއިވާކަމަށާއި ލިބުނު ގެއްލުންމުގެ އަދަދު ދެ ލައްކަ ރުފިޔާއަށް އަރާނެކަމަށްވެސް ޔޫސުފް ވިދާޅުވިއެވެ. 

ޔޫސުފް ވިދާޅުވީ ރުމާލު 2 ޖަގަހައިގައި އަލިފާން ރޯކޮށްލީ ސައިކަލެއްގައި އައި ދެމީހުންގެ ތެރެއިން އެކަކު އެތަނަށް ވަދެކަމަށޭވެ. އަދި އެނާ އެތެރެއަށް ވަނީ ތަން ބަލަހައްޓަން ހުރި ސެކިއުރިޓީ ގާޑަށް ބިރުދެއްކުމަށްފަހުކަމަށާއި އެ މީހާ މަސައްކަތް ކުރީ ޖަގަހައިގެ އެއްވަނަ ފަންގިފިލާގައި ހިންގަމުން އަންނަ ޕީޕީއެމްގެ ޝޯޝަލް މީޑިއާގެ އޮފީހުގައި ރޯކޮށްލުމަށްކަމަށްވެސް  ޔޫސުފް ވިދާޅުވިއެވެ. ޖަގަހައިގައި އަލިފާން ރޯކޮށްލަން މަސައްކަތް ކުރި މީހާ ހުރީ މޫނު ނުވާކޮށްގެން ނޫންކަމަށާއި އެތަނަކީ ސީސީޓީވީ ހަރުކޮށްފައިވާތަނެއްކަމަށްވެސް ޔޫސުފް ވިދާޅުވިއެވެ. އަދި އެ މައްސަލަ މިހާރު ފުލުހުންނަށް ހުށައަޅާފައިވާކަމަށްވެސް ޔޫސުފް ވިދާޅުވިއެވެ.

tw:https://twitter.com/ahmed_nihan/status/977791885489000448

ރުމާލު ޖަގަހައިގައި ރޯކޮށްލި ކޮށްލުން ޕީޕީއެމުން ވަނީ ކުށްވެރިކޮށްފައެވެ. އެ އަމަލުކުށްވެރިކޮށް ޕީޕީއެމްގެ ޕާލިމެންޓަރީ ގުރޫޕްގެ ލީޑަރ އަހުމަދު ނިހާން ހުސެއިން މަނިކް ކުރެއްވި ޓްވީޓެއްގައި ބުނެފައިވަނީ ހުޅުޖެހުން އެއީ ރާއްޖޭގެ ސިޔާސީ ހަރަކާތަކަށް  ހަދަން މަސައްކަތް ކުރަނީ ފަނާކުރަނެވި ވިސްނުމުގެ މީހުންކަމަށެވެ. އަދި އެފަދަ ފިކުރުތައް ކުރިއަށް ނުދާނެކަމަށާއި ކަމީޔާބެއްވެސް ނުވާނެކަމަށްވެސް ނިހާން ވިދާޅުވިއެވެ. 

tw:https://twitter.com/abkhaleel/status/977782855265796096

ޕީޕީއެމްގެ ސެކެރެޓަރީ ޖެނަރަލް ޑރ އަބްދުﷲ ހަލީލު ކުރެއްވި ޓްވީޓެއްގައި ބުނެފައިވަނީ ޤައުމުގައި ހުޅުޖަހަނީ ކޮންބައެއްކަން އެބަ އެގޭކަމަށެވެ. އަދި އެމީހުނަށް 2018 ގެ އިންތިހާބުގައި ދެންވެސް  ރައްޔިތުން ބުނާނީ ނޫނެކޭކަމަށްވެސް ޑރ ހަލީލް ވިދާޅުވިއެވެ.