ހުޅުމާލޭގައި 7000 ހައުސިން ޔުނިޓްތައް ދޭނެ ކެޓަގަރީތައް ކަނޑައަޅާ އާއްމުކޮށްފިއެވެ
 
މި ހައުސިން ޔުނިޓްތައް ދިނުމަށް ކަނޑައަޅާފައިވާ ކެޓަގަރީތައް
 
* ސިވިލް ސާރވިސް މުވައްޒަފުންނަށް 1000 ފްލެޓް
 
* އުމުރުން 18- 40 ދެމުދު ކައވެނިކޮށްގެން އުޅޭ މީހުންނަށް 1000 ފްލެޓް
 
* މާލޭ ރަށްވެހިންނަށް ( ދަފްތަރުގައި ނުހިމެނޭ ) 1000 ފްލެޓް 
 
މާލޭ މުނިސިޕަލްޓީގެ ހާއްސަ ދަފްތަރުގައި ހިމެނޭ މީހުންނަށް 1044 ފްލެޓް 
 
* ޑޮކްޓަރުންނާއި ނަރުހުންނަށް 475 ފްލެޓް 
 
* ޓީޗަރުންނަށް 625 ފްލެޓް
 
* އެކަނިވެރި މައިންނާއި ބަފައިންނަށް 500 ފްލެޓް 
 
* ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކާއި އައިލާތަކަށް 200 ފްލެޓް 
 
* ގުޅިފަޅާއި ޓާޓާ ފްލެޓްތަކަށް ފައިސާ ނުދެއްކުނު ފަރާތަކަށް 300 ފްލެޓް
 
* ސިފައިންނާއި ފުލުހުންނަށް 600 ފްލެޓް 
 
* މާފަންނު ހުޅަނގު ދާއިރާ އަށް ނިސްބަތްވާ ވަރަށް ދަތިހާލުގައި އުޅޭ ގޭބިސީތަކަށް  256 ފްލެޓް
 
މި ފްލެޓްތަކަށް ކުރިމަތިލުމަށް ކުރިއަށް ދެ ހަފްތާތެރޭ ހުޅުވާލާނެކަމަށްް ހައުސިން މިނިސްޓްރީން ބުނެއެވެ.