މުނިފޫހިފިލުވުން

އައިޑަލްގެ ގަދަ ދިހަޔަކުން މުރުޝިދު ކަޓައިފި


މޯލްޑިވިއަން އައިޑަލްގެ ގަދަ ދިހަޔަކުން ޢަބްދުﷲ މުރުޝިދް ކަޓައި، އައިޑަލްގެ ގަދަ ނުވަ ބައިވެރިން ކަށަވަރުވެއްޖެއެވެ.

މޯލްޑިވިއަން އައިޑަލްގެ ގަދަ ނުވަޔަކަށް ދަތުރި ބައިވެރިންނަކީ

- ޙަސަން ޝަހުދާން،

- އިބްރާހީމް ޝަމްވީލް،

- އައިމިނަތު ސައިނާ މުޙައްމަދު ރަޝީދު،

- ތަލްސީމް ޢަބްދުލްކަރީމް،

- ނައުޝާދު ޢަބްދުލްލަތީފް،

- ރައިހާން އާދަމް،

- މަރިޔަމް މައީޝާ،

- ޢަބްދުﷲ މުނާޒް،

- ޢަބްދުﷲ މުރުޝިދު

- އައިޝަތު އަޒަލް ޢަލީ ޒާހިރު.

ގަދަ ނުވައަކަށް ދަތުރުކުރި ބައިވެރިން ހޮވާފައިވަނީ ގަދަ ދިހައެއްގައި ވާދަކުރި ބައިވެރިންގެ ތެރެއިން ޖަޖުންގެ 50 އިންސައްތައާއި، ސަޕޯޓަރުންގެ 50 އިންތަ ވޯޓުން އެންމެ މަތިން މާކްސް ލިބުނު ބައިވެރިންނެވެ.

މި ހަފްތާގައި ބޮޓޮމް ތްރީއަށް ދިޔަ ބައިވެރިންނަކީ ޢަބްދުﷲ މުރުޝިދާއި، ޙަސަން ޝަހުދާންއާއި، އިބްރާހީމް ޝަމްވީލްއެވެ.

ގަދަ ނުވަ ބައިވެރިން ހޮވުމަށް ބޭއްވި ޝޯވަގއި ބައިވެރިން ލަވަ ހުށައަޅާފައިވަނީ އެކޯސްޓިކް ތީމަށެވެ. މި ތީމަށް ބައިވެރިންވަނީ މަޑުމައިތިރި ރާގުތަކުގެ ހިތްގައިމު ލަވަތަކެއް ހުށައަޅާދީފައެވެ.

ގަދަ ނުވަ ބައިވެރިންގެ ތެރޭގައި ނުހިމެނި ޝޯވއާއި ވަކިވެގެންދިޔަ ޢަބްދުﷲ މުރުޝިދުވެސްވަނީ މި ސީޒަންގައި ރީތި ހިތްގައިމު ހުށައެޅުންތަކެއް ހުށައަޅާފައެވެ. މިރޭގެ އެލިމިނޭޝަން ޝޯވގައި ހިތްގައިމު ގްރޫޕް ހުށައެޅުންތެކެއް ފެނިގެންގޮސްފައިވެއެވެ.