ކުޅިވަރު

ށ.އަތޮޅުގެ ޗެމްޕިއަންކަން ފޯކައިދޫ ހޯދައިފި


އެސްޓީއޯ މިނިވަން ޗެމްޕިއަންޝިޕްގެ ށ.އަތޮޅުގެ ޗެމްޕިއަންކަން ފޯކައިދޫ ހޯދައިފިއެވެ. 

ކުރީގެ އެއްވަނަ ފޯވާޑް އާދަމް އަބުދުއްލަތީފްގެ އިރުޝާދުގެ ދަށުން ފޯކައިދޫ ޗެމްޕިއަންކަން ހޯދީ ފައިނަލްގައި އަތޮޅުގެ ވެރިކަން ކުރާ ރަށް ފުނަދޫގެ މައްޗަށް ކުރި ހޯދައިގެންނެވެ. ފައިނަލް މެޗު ފޯކައިދޫ ކާމިޔާބުކުރީ ފުރިހަމަ ވަގުތު ހަމަވިއިރު ލަނޑެއް ނުޖެހި ދެޓީމް އެއްވަރުވުމުން، ނަތީޖާ ނެރުމަށް ޖެހި ޕެނަލްޓީގައި 5-4 ލަނޑުން ކުރި ހޯދައިގެންނެވެ. 

ޒޯން ބުރުގައި ފޯކައިދޫ ވާދަކުރަން ޖެހޭނީ ނ.އަތޮޅުގެ ޗެމްޕިއަން ޓީމާއެވެ. ނ.އަތޮޅުގެ ޗެމްޕިއަންކަމަށް ވާދަކުރަނީ މަނަދޫއާއި މާޅެންދޫއެވެ. ފުރަތަމަ ލެގުގެ މެޗު ކާމިޔާބުކޮށް ޗެމްޕިއަންކަމާ ގާތުގައި އޮތީ މާޅެންދޫއެވެ.