ޚަބަރު

ބާކީ ހުރި ފުޑްކޯޓްތައް ކުއްޔަށް ހިފުމުގެ ފުރުސަތު ހުޅުވާލައިފި


ހާބަރު ފުޑްކޯޓްތަކުގެ ކުއްޔަށް ނުދީ ހުރި ފުޑްކޯޓްތައް ކުއްޔަށްް ހިފަން ބޭނުންވާ ފަރާތަކަށް އެ ފުރުސަތު އެސްޓީއޯއިން ހުޅުވާލައިފިއެވެ.

ކުރީގެ ހާބަރު ކަޑަތައް ހުރި ސަރަހައްދު ޒަމާނީ ފެންވަރަށް ތަރައްޤީކޮށް އެ ސަރަހައްދުގައި ވަނީ 26 ފުޑްކޯޓް ހަދާފައެވެ. މީގެތެރެއިން 17 ފުޑްކޯޓެއް ކުއްޔަށް ދިނުމަށް ހުޅުވާލުމުން ބިޑް ކާމިޔާބުކުރި ފަރާތަކަށް އެތަން ހިންގުމަށް ހަވާލުކޮށްފައިވާކަމަށް އެސްޓީއޯއިން ބުނެއެވެ. އަދި މި ފަހަރު އެސްޓިއޯއިން ކުއްޔަށް ހިފުމަށް ހުޅުވާލާފައިވަނީ ބާކީ ހުރި 9 ފުޑްކޯޓްއެވެ. 

އަލަށް ޕްރޮޕޯސަލްލުމަށް ހުޅުވާލި ފުޑްކޯޓްތަކުގެ ތެރޭގައި ހިމެނެނީ އިއްޒުއްދީން މަގަށް ހުރި 5 ފުޑްކޯޓްކާއި އަމީނީ މަގަށް  ހުރި 4 ފުޑްކޯޓްއެވެ.

އަލަށް ތަރައްޤީކޮށްފައިވާ ފުޑްކޯޓްތަކުގެ ތެރޭގައި ހިމެނެނީ ސޯޅަސަތޭކަ ފަސްދޮޅަސް އަކަފޫޓާއި، ބާރަސަތޭކަ ފަސްދޮޅަސް އަކަފޫޓާއި، ނުވަސަތޭކަ ފަސްދޮޅަސް އަކަފޫޓުކެ ފުޑް ކޯޓްއެވެ. މީގެތެރެއިން ކުއްޔަށް ދޫކުރުމަށް މިފަހަރު ހުޅުވާލާފައިވަނީ ސޯޅަސަތޭކަ ފަސްދޮޅަސް އަކަފޫޓުގެ ހަތަރު ފުޑްކޯތާއި، ނުވަސަތޭކަ ފަސްދޮޅަސް އަކަފޫޓުގެ ފަސް ފުޑްކޯޓްއެވެ.

ފުޑް ކޯޓްތައް ކުއްޔަށް ދޫކުރުމަށް ނިންމާފައިވަނީ އަކަފޫޓަކަށް 53 ރުފިޔާގެ ރޭޓުން. އަދި ފުޑްކޯޓްތައް ދޫކުރުމަށް ހަމަޖެހިފައިވަނީ ފަސް އަހަރުގެ މުއްދަތައްކަމަށް އެސްޓީއޯއިން ބުނެއެވެ. ފުޑްކޯތްތަކަށް އެދި  ހުށައެޅުމަށް އެންމެ ފަހު ތާރީހަކީ މިމަހުގެ 25ވަނަ ދުވަހެވެ. 

ފުޑް ކޯޓްތަކުގެ ތެރެއިން އަމީނީ މަގަށް ހުރި ހުރިހާ ފުޑްކޯޓްތަކުގެ މަސައްކަތް ވަނީ އެއްކޮށް ނިމިފައެވެ. އަދި އިއްޒައްދީންމަގަށް ހުރި ފުޑްކޯޓްތަކުގައި ކުރިއަށް ދަނީ  އެންމެފަހުގެ މަސައްކަތްތަކެެވެ. 

ހައުސިންގ މިނިސްޓަރ ޑރ މުޙައްމަދު މުޢިއްޒު ވިދަޅުވެފައިވަނީ އަމީނީމަގަށް ހުރި ފުޑްކޯޓްތައް ހުޅުވާ އަންނަމަހު ހިދުމަތްދޭން ފަށާނެކަަމަށެވެ. އަދި އިއްޒުއްދީން މަގަށް ހުރި ފުޑްކޯޓްތަކުގެ މަސައްކަތް ނިންމާ އެތަންތަނުހެ ހިދުމަތް ރޯދައިގެ ކުރިން ފަށާނެކަމަށެވެ.