ޚަބަރު

ގާޑިޔާތައް އެހެން ސަރަޙައްދުތަކަށް ބަދަލުކޮށްފި


ބޮޑުތަކުރުފާނުމަގު ތާރު އެޅުމުގެ މަސައްކަތް ފަށަށް އެ އެމަގުގައި ހުރި ގާޑިޔާތައް އެހެން ސަރަޙައްދުތަކަށް ބަދަލުކޮށްފިއެވެ. ބޮޑުތަކުރުފާނުމަގުގައި ހުރި 37 ގާޑިޔާ މިހާރުވަނީ މާލޭ ހަތަރު ސަރަޙައްދުކަށް ވަގުތީ ގޮތުން ބަދަލުކޮށްފައެވެ.

ގާޑިޔާތަކުގެ ތެރެއިން އަށާރަ ގާޑިޔާ ބަދަލުކޮށްފައިވަނީ ކާނިވާ ސަރަހައްދަށެވެ. 8 ގާޑިޔާ މަސްވެރިންގެ މައިޒާން ސަރަޙައްދަށް ބަދަލުކޮށްފައިވާއިރު އާ ސަހަރާ ފުރަގަހުން އޮންނަ މަގަށްވެސް 8 ގާޑިޔާ ވަނީ ބަދަލުކޮށްފައެވެ. ދެން ހުރި ގާޑިޔާތައް ބަދަލުކޮށްފައިވަނީ ވެސްޓް ޕާކާއި އެސް.ޓީ.އޯ ހެޑް އޮފީސްއާއި ދެމެދުގައިވާ އޮންނަ ގޯޅ ތެރެއަށެވެ. އެ ގޯޅި ތެރެއަށް 3 ގާޑިޔާ ވަނީ ބަދަލުކޮށްފައެވެ. 

އިންޑަސްޓްރިއަލް ވިލެޖު ސަރަޙައްދުގެ އިތުރުން ބަޑުތަކުރުފާނުމަގުގެ އިތުރު ސަަރަޙައްދުތަކުގައި ތާރުއަޅަން ނިންމާފައިވަނީ ބްރިޖް ނިންމާ ހުޅުވާއިރު، އެ ސަރަޙައްދުގެ ދަތުރުފަތުރުގެ ނިޒާމު ފަސޭހަކުރުމުގެ ގޮތުންނެވެ. ތާރު އަޅައިގެން ތަރައްޤީ ކުރުމަށް ނިންމާފައިވަނީ ބޮޑުތަކުރުފާނުމަގު، އިންޑަސްޓްރިއަލް ވިލެޖު ސަރަޙައްދުން ފެށިގެން ކިންގ ސަލްމާން މިސްކިތާއި ހަމައަށެވެ. ބޮޑުތަކުރުފާނުމަގު ތަރައްޤީކުރަނީ އިތުރަށް ފުޅާކޮށް ވީހާވެސް ޓްރެފިކް މައްސަލަތައް ކުޑަވާނެގޮތަށްކަމަށް ހައުސިން މިނިސްޓްރީން ބުނެއެވެ.