ދީން

ރާއްޖޭގައި ޤުރުއާން ރިސާރޗް ސެންޓަރެއް ޤާއިމުކުރަނީ


ރާއްޖޭގައި ޤުރުއާނާބެހޭ ރިސާރޗް ސެންޓަރެއް ގާއިމުކުރުމަށް ނިންމާ އެކަމުގެ އެއްބަސްވުމުގައި ސޮއިކޮށްފިއެވެ. މި ސެންޓަރު ޤާއިމުކުރަން ނިންމފައިވަނީ ސޫދާނުގެ ޔުނިވާސިޓީ އޮފް ޤުރުއާން އެންޑް އިސްލާމިކް ސައިންސްގެ އެހީތެރިކަމާއިއެކުއެވެ. 

އިސްލާމިކް މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތެއްގައި ކީރިތި ގުރުއާނާއި ބެހޭ މަރުކަޒުގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ އެމަރުކަޒުގެ ރައީސް އަލްއުސްތާޛު އިބްރާހިމް  ރަޝީދު މޫސާއެވެ. ސޫދާނުގެ ޔުނިވާސިޓީ އޮފް ގުރުއާންގެ އެންޑް އިސްލާމިކް ސައިންސްގެ ފަރާތުން ސޮއިކުރެއްވީ އެ ޔުނިވާސިޓީގެ  ޗާންސެލަރ ޕްރޮފެސަރ އަހުމަދު ސައީދު ސަލްމާންއެވެ. 

މި އެއްބަސްވުމުގެ ދަށުން ރާޢްޖޭހައި ގުރުއާނާބެހޭ ރިސާރޗް ސެންޓަރެއް ޤާްިމުކުރުމުގެ އިތިރުން ގުރުއާންގެ އިލްމު ފުޅާކުރުމަށް ދެ ފަރާތުގެ މެދުގައި ތަޖިރިބާ ހިއްސާކުރުމަށްވެސް އެއްބަސްވެފައިވެއެވެ. 

ގުރުއާނާ ބެހޭ މަރުކަޒުގެ ރައީސް މިދިޔަ އަހަރުގެ ތެރޭގައި ސޫދާން އަށް ކުރެއްވި ދަތުރުގައި ރާއްޖޭގައި ގުރުއާން އިލްމު ފުޅާކުރުމަށް ކުރެވިދާނެ މަސައްކަތްތަކާ ގުޅޭގޮތުން ސޫދާނުގެ ޔުނިވާސިޓީ އޮފް ގުރުއާންގެ އެންޑް އިސްލާމިކް ސައިންސްގެ އިސްވެރިންނާއި މަޝްވަރާ ކުރައްވާފައިވެއެވެ.ސޫދާނުގެ ޔުނިވާސިޓީ އޮފް ގުރުއާންގެ އެންޑް އިސްލާމިކް ސައިންސް އަކީ ސޫދާނުގެ ސޫދާނުގެ އެކި ހިސާބުތަކުގައި އެ ޔުނިވާސިޓީގެ 13 ގޮފި ހިންގަމުން އަންނަ ސަރުކާރުގެ ޔުނިވާސިޓީއެކެވެ. މި ޔުނިވާސިޓީގެ 11 ފެކަލްޓީއެއްގައި 41،000 ދަރިވަރުން ތައުލީމު ހާސިލުކުރަމުންދެއެވެ. އަދި މި ޔުނިވާސިޓީން 3 ގައުމެއްގައި އެފިލިއޭޓް މަރުކަޒުތައް ޤާއިމުކޮށް ތާފާތު 90 ޤައުމަކާއި އެކު އެއްބަސްވުންތައް އެކުލަވާލާފައިވެއެވެ.