ޚަބަރު

ހިތަދޫ ގެއެއްގެ ތެރޭގައި އޮތް ކާރެއްގައި ރޯވެ އަނދައިފި


އައްޑޫސިޓީ ހިތަދޫ ގެެއްގެ ތެރޭގައި ބާއްވާފައި އޮތް ކާރެއްގައި އަލިފާނުގެ ހަދިސާއެއް ހިނގައި ބޭނުންނުކުރެވޭ ވަރަށް އަނދައިފިއެވެ. ރޭ ދަންވަރު 02:00 ގައި ހިނގި މިހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައެއްނުވެއެވެ. މި ހާދިސާގެ މައުލޫމާތު ލިބުމާއިއެކު އެމްއެންޑީއެފް ސަދަން އޭރިއާ ހިތަދޫ ފަޔަރސްޓޭޝަނުން އެ ސަރަހައްދަށް  ގޮސް އަލިފާންގަނޑު ނިންވާލާފައިވާކަމަށް އެމްއެންޑީއެފުން ބުނެއެވެ. އަލިފާނުގެ ހާދިސާ ހިނގާފައިވަނީ ސ.ހިތަދޫ ދިރާމުލި ގޯތި ތެރޭގައި ޕާކުކޮށްފައި އޮތް ކާރެއްގައެވެ. އަދި މި ހާދިސާގައި އެގޭތެރޭގައި ބަހައްޓާފައިހުރި ސައިކަލަކަށްވެސް ގެއްލުންވެފައިވާކަމަށް އެމްއެންޑީއެފުން ބުނެއެވެ. މި ހާދިސާ މިހާރު މޯލްޑިވްސްޕޮލިސް ސަރވިސްއިން ދަނީ ތަޙުޤީޤު ކުރަމުންނެވެ.