ވިޔަފާރި

ކުޑަހުވަދޫ ބިން ހިއްކުމުގެ އަމަލީ މަސައްކަތް ބޮސްކާލިސްއިން ފަށައިފި





 


ދ. އަތޮޅު ކުޑަހުވަދޫ ބިން ހިއްކުމުގެ އަމަލީ މަސައްކަތް ބޮސްކާލިސްއިން މިއަދު ފަށައިފިއެވެ. ހައުސިން މިނިސްޓްރީން ބުނީ، މި މަޝްރޫއުގެ ދަށުން ކުޑަހުވަދޫގެ ހުޅަނގު ފަރާތުން ގާތްގަނޑަކަށް 45 ހެކްޓަރުގެ ބިން ހިއްކުމަށް ހަމަޖެހިފައިވާ ކަމަށާއި، މިމަހުގެ ނިޔަލަށް އެ ރަށުގެ ބިން ހިއްކާ ނިންމާލެވޭނެ ކަމަށެވެ.


 
ކުޑަހުވަދޫ ބިން ހިއްކުމުގެ މަޝްރޫއު ނިމުމުން، ސަރުކާރުން ބިން ހިއްކުމަށް ބޮސްކާލިސް ކުންފުންޏާ ހަވާލު ކޮށްފައިވާ 4 ރަށުގެ ބިންހިއްކުމުގެ މަޝްރޫއުވެސް ނިމޭނެއެވެ.


 
ބިންހިއްކުމަށް ބޮސްކާލިސްއާ ހަވާލު ކޮށްފައިވަނީ، ދ. މީދޫ އާއި،  ބ. އޭދަފުށި އާއި، ކ. ތުލުސްދޫ އާއި ދ. ކުޑަހުވަދޫގެ ބިން ހިއްކުމުގެ މަސައްކަތެވެ.