އިދިކޮޅު ފަރާތްތަކުން ރޭ މަލޭގައި ކުރި މުޒާހަރާއާއި ގުޅިގެން 139 މީހަކު ހައްޔަރުކޮށްފައިވާކަމަށް ފުލުހުން ބުނެފިއެވެ.
ފުލުހުންގެ ތަރުޖަމާން އަހުމަދު ޝިފާން ވިދާޅުވީ ރޭގެ މުޒާހަރާގެ ތެރެއިން 141 މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަކަމަށެވެ. އެއީ 26 އަންހެނަކާއި 115 ފިރިހެނުންކަމަށްވެސް ޝިފާން ވިދާޅުވިއެވެ.
ޝިފާން ވިދާޅުވީ ރޭ 141 މީހުން ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަނަމަވެސް މިހާރު ފުލުހުންގެ ހައްޔަރުގައި ތިބީ 139 މީހުންކަމަށެވެ. އެއީ 26 އަންހެންނުންނާއި 113 ފިރިހެނުންކަމަށެވެ. އެހެންނަމަވެސް ހައްޔަރުކުރި މީހުންގެ އެއްވެސް ތަފްސީލެއް ފުލުހުން އާއްމުކޮށްފައެއް ނުވެއެވެ. އެގިފައިވާގޮތުގައި ރޭގެ މުޒާހަރާއިން ހައްޔަރުކުރި މީހުންގެ ތެރޭގައި މަޖިލިސް ބައެއް މެންބަރުންވެސް ހިމެނެއެވެ. އަދ ފުލުހުން ބަލަމުންދާ މައްސަލައަކާއި ގުޅިގެން ރާއްޖެ ޓީވީގެ 3 ނޫސްވެރިޔަކު ހައްޔަރުކޮށްފައިވާކަމަށްވެސް ފުލުހުން ބުނެއެވެ.