ޚަބަރު

ނަޝީދުގެ ޓްވީޓަށް ހުސެއިން ވަހީދު ވަރުގަދަ ރައްދެއް


ރޭ އިދިކޮޅު ފަރާތްތަކުން ކުރަމުން ގެންދިޔަ މުޒާހަރާ ހުއްޓުވުމަށް ފުލުހުންގެ ޔުނީފޯމްގައި ގޭންގްތަކަށް ނިސްބަތްވާ ބައެއް މީހުން ނެެރެފައިވާކަމަށް ބުނެ ކުރީގެ ރައީސް މުހައްމަދު ނަޝީދު ދެއްކެވި ވާހަކަފުޅަށް ފުލުހުންގެ ކުރީގެ ސީޕީ ހުސައިިން ވަހީދު ރައްދުދެއްވައިފިއެވެ. 

ނަޝީދު ރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ ރޭ އިދިކޮޅު ފަރާތްތަކުން ކުރަމުން ގެންދިޔަ މުޒާހަރާ ހުއްޓުވުމަށް ފުލުހުންގެ ޔުނީފޯމްގައި ގޭންގްތަކަށް ނިސްބަތްވާ 45 މީހަކު ނެރެފައިވާކަމަށެވެ. އަދި އެކަން ކޮށްފައިވަނީ ކުރީގެ ކޮމިޝަނަރ އޮފް ޕޮލިސް ހުސައިން ވަޙީދު އިސްކޮށް ހުންނަވައިގެންކަމަށްވެސް ނަޝީދު ވިދާޅުވެފައިވެއެވެ. 

tw:https://twitter.com/MohamedNasheed/status/974693837208666112

ނަޝީދުގެ މިވާހަތަކަށް ރައްދުދެއްވާ މި ސަރުކާރުގައިވެސް  ކޮމިޝަނަރ އޮފް ޕޮލިސްކަން ކުރެއްވި އަދި ހައުސިންގ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުގެ މަގާމުގައި ހުންނެވި ހުސައިން ވަޙީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ ދިވެހި ސިފައިންނާއި ފުލުހުންގެ ކިބައި މަގުތައް އަމާން ކުރުމުގެ ގާބިލްކަން ހުންނާނެ ކަމަށާއި އަދި އެބޭފުޅުން އެކަން ކުރައްވާނެ ކަމަށެވެ. އަދި ސަރ މޮޔަފުޅުވީތޯ ވިދާޅުވެ ކުރީގެ ރައީސް މުހައްމަދު ނަޝީދާއި ހުސައިން ވަހީދުވަނީ ސުވާލުވެސް ކުރައްވާފައެވެ.

tw:https://twitter.com/HussainWaheed3/status/974725128952061952

ކުރީގެ ސީޕީ ހުސައިން ވަޙީދު ވަނީ ސައުވީސް އަހަރަށް ވުރެ ގިނަ ދުވަހު ސިފައިންގޭގައާއި ފުލުހުންގެ އިދާރާގެ އެކި ލެވެލްގައި މަސައްކަތް ކުރައްވާފައެވެ.