ޚަބަރު

"ފިނި 16" ވެހިކަލް ބުރު : ފުވައްމުލައް ސިޓީ ރައީސް ޔާމީނާއެކު


ފުވައްމުލައް ސިޓީ އޮތީ ރައީސް ޔާމީނާއެކުކަން ދައްކާލުމުގެ ގޮތުން ފުވައްމުލައްސިޓީގެ ރައްޔިތުން "ފިނި ސޯޅައިގެ" ނަމުގައި ވެހިކަލް ބުރެއް ބާއްވައިފިއެވެ.

މި ޙަރަކާތުގެ މަޤްސަދަކީ ފުވައްމުލަކުގެ ރައްޔިތުން ތިބީ ރައީސް ޔާމީނާއެކު ކަން އަންގައިދީ އަންނަ ރިޔާސީ އިންތިޚާބުގައި ފުވައްމުލައްސިޓީގެ މެޖޯރިޓީ ރައީސް ޔާމީނަށް ލިބޭނެކަން ދައްކައިދިނުން ކަމަށް ޕީ.އެސް.އެމް އަށް މަޢޫލޫމާތު ދެއްވަމުން ފުވައްމުލަކު ސިޓީ އުތުރު ދާއިރާގެ ކައުންސިލް މެމްބަރު ޙަމަދު އަބްދުﷲ ވިދާޅުވިއެވެ. މިއަދު ބޭއްވިމި ޙަރަކާތުގައި ފުވައްމުލަކުގެ ގިނަ ޢަދަދެއްގެ ރައްޔިތުން ބައިވެރިވިއެވެ. 

ޕީޕީއެމުން ފުވައްމުލަކުގައި ކުރިއަށް ގެންދާ މި ޙަރަކާތުގެ ތެރެއިން ކޮންމެ ހަފްތާ ބަންދާ ދިމާކޮށް ތަފާތު އިވެންޓުތައް ބާއްވައެވެ. މިއީ މިގޮތުން ބޭއްވި ދެވަނަ ޙަރަކާތެވެ.