ޚަބަރު

ބޮޑުތަކުރުފާނުމަގުގެ އިތުރު ސަރަޙައްދުތަކުގައި ތާރު އަޅަނީ


ބޮޑުތަކުރުފާނުމަގުގެ ކިންގ ސަލްމާން މިސްކިތުންފެށިގެން އިންޑަސްޓްރިއަލް ވިލެޖާ ދެމެދު މަގުގައި ތާރު އަޅައިގެން އެމަފު ތަރައްޤީކުރުމަށް މަގު ހުސްކުރުމުގެ މަސައްކަތް ފަށައިފިއެވެ. 

އެމަގުގައި ތާރުއަޅަން ނިންމާފައިވަނީ ޗައިނާ މޯލްޑިވްސް ފްރެންޑްޝިޕް ބްރިޖާއި، އިންޑަސްޓްރިއަލް ވިލެޖުގެ މަސައްކަތް ނިމޭއިރު އެމަގުގެ ތޮއްޖެހުން ކުޑަކޮށް ދަތުރުފަތުރުކުރުމުގެ ނިޒާމު ލުއިފަސޭހަކުރުމުގެގޮތުންނެވެ. މަގުގައި ތާރުއެޅުމަށް ހަމަޖެހިފައިވަނީ ދެ ފިޔަވައްސަކަށް ބަހާލައިގެންނެވެ. ހައުސިންގ މިނިސްޓަރ ޑރ.މުޙައްމަދު މުޢިއްްޒު ވިދާޅުވީ ތާރުއެޅުމުގެ މަސައްކަތް ފުރަތަމަ ކުރިއަށްގެންދާނީ ބްރިޖާއި އިންޑަސްޓްރިއަލް ވިލެޖާއި ދެމެދު ހިމެނޭ ސަރަޙައްދުގައިކަމަށެވެ. 

އެއަށްފައު ބްރިޖާއި ކިންގ ސަލްމާން  މިސްކިތާއި ދެމެދު ބޮޑުތަކުރުފާނު މަގުގައި ތާރުއަޅާނެކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އިންޑަސްޓްރިއަލް ވިލެޖާއި، ބްރިޖާ ދެމެދުން ބޮޑުތަކުރުފާނުމަގު ތަރައްޤީކުރާއިރު، މަގުގެ ޑިޒައިނަށް ބަދަލުގެނެސް މަގު އިތުރަށް ފުޅާކޮށް ތާރުއަޅުމަށް ހަމަޖެހިފައިވެއެވެ. އަދި ބްރިޖުން ފެށިގެން ކިން ސަލްމާން މިސްކިތާ ހަމައަށް ތާރުއަޅާއިރު، އަރޓިފިޝަލް ބީޗް ތެރެއަށް މަގު ފުޅާކުރާނެކަމަށްވެސް މިިނިސްޓަރު ވިދާޅުވިއެވެ. 

ބޮޑުތަކުރުފާނުމަގު ތާރުއަޅައިގެން ތަރައްޤީކުރުމުގެ މަސައްކަތް ބްރިޖްގެ މަސައްކަތާއެކު އޮގްސްޓްމަހުގެ ނިއަލަށް ނިންމާނެކަމަށް ހައުސިންގ މިނިސްޓްރީންވަނީ ބުނެފައެެވެ.