ޚަބަރު

ހއ.އިން ފެށިގެން ޅ.އަތޮޅާހަމައަށް ވައިޓް އެލާޓް ނެރެފި


ހއ. އަތޮޅުން ފެށިގެން ޅ. އަތޮޅުގެ ރަށްތަކަށް ގަދަވަޔާއެކު ބޯކޮށް ވާރޭވެހޭނެކަމަށް ލަފާކޮށް މޫސުމާބެހޭ ޤައުމީ އިދާރާއިން ވައިޓް އެލާޓް ނެރެފިއެވެ.  

މިރޭ ފަތިހު ހަތަރަކުން މާދަމާ ހެނދުނު ނުވައެއް ޖެހުމާއި ހަމައަށް އެލާޓް ނެރެފައިވާއިރު، ގުގުރުންވެސް އެކަށީގެންވާ ކަމަށާއި، އެސަރަހައްދަށް 35 މޭލަށް ވައިގަދަވާނެކަމަށް ލަފާކުރެވޭކަމަށްވެސް މެޓް ހޮފީހުން މައުލޫމާތުދެއެވެ. 

މިރޭ 08:00 އިން މާދަމާރޭގެ 08:00 އަށް  މެދުތެރޭގެ އަތޮޅުތަކަށް ކެރީގެ އަސަރުފޯރުމާއެކު، ގުގުރުން އެކަށީގެންވާކަމަށާއި، ދެކުނުގެ އަތޮޅުތަކަށް މޫސުން ޢާއްމުގޮތެއްގައި ރަގަޅުވާނެކަމަށް މޫސުމާބެހޭ ޤައުމީ އިދާރާއިން މައުލޫމާތުދެއެވެ. އަދި އުތުރުގެ އަތޮޅުތަކަށް ވައިޖެހޭނެކަމަށް ލަފާކުރެވެނީ އިރުދެކުނާއި ދެކުނުން ގަޑިއަކު 7 މޭލާ 15 މޭލާ ދެމެދުގެ ބާރުމިނުގައިކަމަށް ލަފާކުރެވޭ ކަމަށާއި އެހެންހިސާބުތަކަށް ދެކުނާއި ހުޅަނގުދެކުނުން ގަޑިއަކު 03  މޭލާ 13 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެކަމަށް ލަފާކުރެވޭކަމަށްވެސް މޫސުމާބެހޭ ޤައުމީ އިދާރާއިން ލަފާކުރެއެވެ.