ފުލުހުންނާއި ދެކޮޅަށް ބޭނުންކުރުމަށް ތައްޔާރު ގިނަ އަދަދެއްގެ މިރުސް ޕަކެޓްތަކެއް އިދިކޮޅު ފަރާތްތަކުން ބާއްވަމުންދާ މުޒާހަރާގެ ތެރެިން ފެނިފައިވާކަމަށް ފުލުހުން ބުނެފިއެވެ.
ފުލުހުން ކުރި ޓްވީޓެއްގައި ބުނެފައިވަނީ ފުލުހުންނާއި ދެކޮޅަށް ބޭނުންކުރުމަށް ތައްޔާރުކޮށްފައިވާ 105 މިރުސް ފެން ޕެކެޓް އަތުލައިގެންފައިވާކަމަށެވެ. އަދި މި ތަކެތި އަތުލައިގަތީ އިދިކޮޅު ފަރާތަކުން އެއްވުމަށް މަސައްކަތްކުރަމުންދާ ސަރަހައްދުންކަމަށެވެ. މިކަމާއި ގުޅިގެން އެއްވެސް މީހަކު ހައްޔަރުކުރިކަމެއް ނުވަތަ ނޫންކަމެއްވެސް ފުލުހުން ނުބުނެއެވެ.
img:http://s1.psmnews.mv/images/660x400/15210495552502.jpg|ފުލުހެއް ގަޔަށް ކަޅުތެޔޮ ޖަހާފައި - ފޮޓޯ ފުލުހުން
މީގެއިތުރުން ފުލުހެއްގެ ގަޔަށް ކަޅު ޖެހި މީހަކު ހައްޔަރުކޮށްފައިވާކަމަށްވެސް ފުލުހުން ބުނެއެވެ. އެހެންނަމަވެސް މި މައްސަލާގައި ހައްޔަރުކުރި މީހާގެ ތަފްސީލެއް ފުލުހުން ހާމަކޮށްފައެއްނުވެއެވެ.
އިދިކޮޅު ފަރާތަކުން މިރޭވެސް ފުރަތަމަ އެއްވުމަށް މަސައްކަތްކޮށްފައިވަނީ މަޖީދީމަގާއި ޗާންދަނީގު ގުޅޭ ކަން މައްޗަށެވެ. އަދި އެ ސަރަަހައްދު ފުލުހުން ބަންދުކުރުމުން މަޖީދީމަގު އެކި ސަރަހައްދަށް ދަނީ އެއްވަމުންނެވެ.