ސިޔާސީ

ޓްރާންސްޕޯޓް މިނިސްޓަރ އަމީން އިބްރާހިމް މަޤާމުން ވަކިކުރައްވައިފި





 


ޓްރާންސްޕޯޓް މިނިސްޓަރ އަމީން އިބްރާހިމް މަޤާމުން ވަކިކުރައްވައިފިއެވެ.


 
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާން އިބުރާހިމް މުއާޒް އަލީ ވަނީ އެމްބީސީ ނިއުސްއަށް އެކަން ކަށަވަރުކޮށްދެއްވާފައެވެ. މުޢާޒް ވިދާޅުވީ، އަމީން އިބްރާހިމް ޓްރާންސްޕޯޓް މިނިސްޓަރކަމުން ވަކިކުރެއްވީ ސަރުކާރުގެ މަޤާމްތަކަށް ބޭފުޅުން އައްޔަންކުރުމާއި ވަކިކުރުމަށް ރައީސުލްޖުމްހޫރިއްޔާއަށް ލިބިގެންވާ ބާރުގެ ދަށުންކަމަށެވެ.ޓްރާންސްޕޯޓް މިނިސްޓަރ ކަމުގެ މަޤާމުން އަމީން އިބްރާހިމް ވަކިކުރައްވައި،  ރައީސުލްޖުމްހޫރިއްޔާ ފޮނުއްވި ސިޓީފުޅުގައި، އެ މަޤާމުގައި ހުންނަވައިގެން ކޮށްދެއްވާފައިވާ ޚިދްމަތްތަކަށް، ވަރަށް އިޚްލާޞްތެރިކަމާއެކު ޝުކުރު އަދާކުރައވާފައިވާކަމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފިހުން ވިދާޅުވެއެވެ.


 
 


މިނިސްޓަރ އަމީން އިބްރާހިމް ވަކިގޮތެއް އަންގަވަންދެން ގޭގައި މަޑުކުރެއްވުމަށް އިއްޔެ ރައީސުލްޖުމްހޫރިއްޔާ ވަނީ އަންގަވާފައެވެ. މުޢާޒް އިއްޔެ ވިދާޅުވެފައިވަނީ މިނިސްޓަރ އަމީންއަށް ގޭގައި މަޑުކުރެއްވުމަށް އެންގެވީ ޕީޕީއެމް އަދި ޖޭޕީގެ ކޯލިޝަން ރޫޅުމާއި ގުޅިގެންކަމަށެވެ.