ޚަބަރު

ބޭނުންނުކުރާ އެކައުންޓުތައް ބޭނުންނަމަ އެކަން އެނގުމަށް


މޯލްޑިވްސް އިސްލާމިކް ބޭންކުގެ އެކައުންޓްތަކުގެ ތެރެއިން ފަސް އަހަރު ވަންދެން ފައިސާގެ އެއްވެސް މުޢާމަލާތެއް ކޮށްފައި ނުވާ އެކައުންޓްތައް އަލުން ބޭނުން ކުރަން ބޭނުންވާ ފަރާތްތަކުން އެކަން އެންގުމަށް އެމްއައިބީ އިން އަންގައިފިއެވެ.

އެމްއައިބީއިން ބުނީ ޑޯމަންޑް އެކައުންޓްތައް ނުވަތަ މުޢާމަލާތް ނުކުރާ އެކައުންޓުތަކުގެ ގޮތުގައި ކަނޑައަޅާފައިވާ އެކައުންޓުތަކުގެ ވެރިފަރާތްތަކަށް އެކަން އަންގާފައިވާނެކަމަށާއި އެ އެކައުންޓްތައް އުވާލުމުގެ ކުރިން އެކްޓިވޭޓްކުރަން ބޭނުންނަމަ ވީ އެންމެ އަވަހަށް އެބޭންކަށް ހުށައެޅުމަށެވެ.

އަދި އެކައުންޓްތައް ޑޯމަންޓް ކުރާކަން ވެރިފަރާތްތަކަށް އެންގުމަށްފަހު 60 ދުވަސް ހަމަވުމުން އެ އެކައުންޓްތަކުގައި ހުންނަ ފައިސާ އެމްއެމްއޭއާ ހަވާލުކުރުމަށްފަހު އެކައުންޓް ބަންދުކުރާނެ ކަމަށް އިސްލާމިކް ބޭންކުން ބުނެއެވެ.

އެކައުންޓް އެކްޓިވޭޓް ކުރުމަށް ބޭނުންވާ ފަރާތްތަކުން ބޭންކުގެ "ކަސްޓަރމަރ ފޯމް" ފުރުމަށްފަހު ހުށެހެޅުމުން އެކްޓިވޭޓް ކުރެވޭނެ ކަމަށް އެމްއައިބީން ބުނެއެވެ.