ޚަބަރު

ކުރިއަށް އޮތް 48 ގަޑިއިރު ރާއްޖޭގެ ބޮޑުބަޔަކަށް ވިއްސާރަކުރާނެ


ރާއްޖޭގެ އިރުން ސްރީލަންކާގެ ދެކުނުގެ ސަރަޙައްދުގައި ކޮޅިގަނޑެއް އުފެދި މި ކޮޅިގަނޑު މަޑުމަޑުން ރާއްޖެއާއި ދިމާލަށް، ހުޅަނގަށް ޖެހެމުންދާނެކަމަށް ލަފާކުރެވޭތީ މޫސުމަށް ސަމާލުވުމަށް މޫސުމާއި ބެހޭ ޤައުމީ އިދާރާއިން އިލްތިމާސްކޮށްފިއެވެ.

އެ އިދާރާއިން ބުނީ މިއަދު އުފެދުނު މި ކޮޅިގަނޑުގެ ސަބަބުން ކުރިއަށް 48 ގަޑިއިރު ތެެރޭގައި ރާއްޖޭގެ ބޮޑު ބަޔަކަށް ވިއްސާރަކޮށް ބައެއް އަތޮޅުތަކަށް ގުގުރުމާއި އެކު ވާރޭވެހޭނެކަމަށް ލަފާކުރެވޭކަމަށެވެ. އަދި ވައިގަދަވެ ކަނޑުތައް ގަދަވާނެކަމަށް ލަފާކުރެވޭކަމަށްވެސް މޫސުމާއި ބެހޭ ޤައުމީ އިދާރާއިން ބުނެއެވެ.

ބޯކޮށް ވާރޭވެހި ގުގުރާ ރާޢްޖޭގެ ކަނޑުތައް ގަދަވާނެތީ ހުރިހާ ފަރާތަކުންވެސް މޫސުމަށް ސަމާލުވުމަށް މޫސުމާބެހޭ ޤައުމީ އިދާރާއިން ވަނީ އިލްތިމާސް ކޮށްފައެވެ.