ޚަބަރު

ފްލެޓް ދޭނެކަމަށް ބުނެ ފައިސާ ނަގަނީ. ސަމާލުވޭ!


މިނިސްޓްރީގެ ނަމުގައި ފްލެޓް ދޭނެކަމަށް ބުނެ، ބައެއް ފަރާތްތަކުން ޢާންމުން އަތުން ފައިސާ ނަގަމުން ގެންދާތީ ކަމާބެހޭ މުއައްސަސާތަކާ ގުޅިގެން ވަރަށް ސީރިއަސް މައްސަލައެއްގެ ގޮތުގައި މިކަން ބަލަމުންދާކަމަށް މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރަރ ސްޓްރަކްޗަރުން

މިކަމުގެ ޙަޤީގަތް ހާމަކޮށް ހައުސިންގް މިނިސްޓްރީން ޢާންމުކުރި ބަޔާނުގައި ބުނެފައިވަނީ ހައުސިންގ މިނިސްޓްރީގެ ނަމުގައި ބައެއް ފަރާތްތަކުން ފްލެޓް ދޭނެކަމަށް ބުނެ ޢާންމުންގެ އަތުން ފައިސާ ނަގައި، ފްލެޓްގެ ޞައްޙަ ނޫން ރަޖިސްޓްރީ ހަދައިދޭކަން އެމިނިސްޓްރީއަށް އެނގިފައިވާކަމަށެވެ. 

އެހެންކަމުން މިކަން އެ މިނިސްޓްރީއާއި ކަމާބެހޭ މުއައްސަސާތަކާ ގުޅިގެން ވަރަށް ސީރިއަސް މައްސަލައެއްގެ ގޮތުގައި ބަލަމުންދާކަމަށް ހައުސިންގ މިނިސްޓްރީން ބުނެއެވެ. މިއީ ރައްޔިތުންގެ ޙައްޤުތަކާ ވަރަށް ބޮޑަށް ގުޅިފައިވާކަމެއްކަން ފާހަގަކޮށް ހައުސިންގ މިނިސްޓްރީން ވަނީ މާލީގޮތުންނާއި އެހެނިހެން ގޮތްގޮތުންވެސް ފަރުނުޖެއްސޭވަރުގެ ބޮޑެތި ގެއްލުންތަކެއް ކުރިމަތިވެދާނެކަމަކަށްވާނެތީ  އެއްވެސްފަރާތަކުން މިކަމުގައި ބައިވެރިނުވެ ވިހާވެސް ބޮޑަށް ސަމާލުވުމަށް ބަޔާނުގައި އިލްތިމާސްކޮށްފައިވެއެވެ. މިކަމުގައި ޝާމިލުވާ ފަރަތްތަކާމެދު ޤާނޫނީ ގޮތުން އަޅަންޖެހޭ ފިޔަވަޅު އެޅުމަށްޓަކައި ކަމާބެހޭ މުއައްސަސާތަކުގައި މިހާރު އެދިފައިވާނެކަމަށް ހައުސިންގ މިނިސްޓްރީން ބުނެއެވެ.

"ގެދޮރުވެރިކަމުގެ ސިޔާސަތު" ގެ ދަށުން ސަރުކާރުން ކުރިޔަށްގެންދާ ހައުސިންގ މަޝްރޫޢުތަކުގެތެރެއިން އަޅާ ފްލެޓްތައް ދޫކުރަމުން ދަނީ އެކަމަށް ކަނޑައަޅާފައިވާ ޚާއްޞަ އުޞޫލުތަކާއި، ޤަވާއިދުތަކާއި އެއްގޮތަށްކަމަށާއި، އެނޫން ގޮތަކަށް އެއްވެސް ފަރާތަކަށް ފްލެޓް ދޫނުކުރާކަމަށް ހައުސިންގ މިނިސްޓްރީގެ ބަޔާނުގައިވެއެވެ.