ކުޅިވަރު

ވަރލްޑްކަޕް ފެށެން 100 ދުވަހަށް ވުން ފާހަގަކޮށްފި


ކޯމަހުގެ ޝޯ އަކާއެކު ފީފާ ވޯލްޑްކަޕްގެ ކައުންޓްޑައުން ރަޝިޔާއިން ފަށައިފިއެވެ. 

ވޯލްޑް ކަޕް ފެށެން 100 ދުވަހަށް ވުމުގެ ކައުންޓްޑައުން، މުބާރާތް ބާއްވާ ޤައުމު ރަޝިއާއިން އިއްޔެ ފަށާފައިވަނީ އެޤައުމުގެ ސޯޗީގެ ޑޮލްފިނޭރިއަމް ޕާކުގައެވެ. ފުޓުބޯޅައާއެކު ކޯމަސް ހަރަކާތްތެރި ވާ މަންޒަރާއި، މީހަކު ކޯމަހަށް އަރާ ދުއްވުން ފަދަ އާދަޔާ ހިލާފު ތަފާތު ހަރަކާތްތަކެއް ދައްކާލި މި ޝޯ ބޭއްވި، ރަޝިޔާ ފާހަގަ ކުރެވެނީ ކޯމަހުގެ މަޤުބޫލުކަން ބޮޑު ޤައުމެއްގެ ގޮތުގައެވެ.

 ޖޫން ސާދައިގައި ފެށޭ ވޯލްޑްކަޕްގެ ހަ މެޗެއް ސޯޗީގައި ކުޅުމަށް ހަމަޖެހިފައިވާއިރު މި މެޗްތައް ކުޅޭނީ ވޯލްޑްކަޕަށް ހާއްސަކޮށް ހަދާ ފިސުހް ސްޓޭޑިއަމްގައެވެ. 2014 ވަނަ އަހަރުގެ ވިންޓަރ އޮލިމްޕިކްސްވެސް ބޭއްވި ސޯޗީ އަކީ ބޮޑެތި މުބާރާތްތައް ބޭއްވުމުގައި ފާހަގަ ކޮށްލެވޭ ތަނެކެވެ.