ޚަބަރު

އަލިފާނުގެ ހާދިސާގައި ހާލު ބޮޑުވި މީހާ މަރުވެއްޖެ


މިއަދު ހަވީރު މާފަންނު ސިތާރާގޭގައި ހިނގި އަލިފާނުގެ ޙާދިސާގައި ހާލުދެރަވެ އައިޖީއެމްއެޗަށް ގެންދިޔަ މީހާ މަރުވެއްޖެއެވެ. މި ޙާދިސާގައި މަރުވެފައިވަނީ ބިދޭސީ ފިރިހެނެއް ކަމަށް ފުލުހުން ބުނެއެވެ. މި މީހާ މަރުވެފައިވަނީ ދުމުގެ އަސަރުކޮށް ގެންކަމަށް އައިޖީއެމްއެޗްއާއި ހަވާލާދީ ފުލުހުން ބުނެއެވެ. އަލިފާން ނިއްވުމުގައި ހަރަކާތްތެރިިވި ފަޔަރ އެންޑް ރެސްކިއު ޓީމަށް  މި މިހާ ފެނިފައިވަނީ ގޭތެރެއަށް ވެއްޓިފައި އޮއްވާކަމަށެވެ. 

މިއަދު ހަވީރު ހަތަރެއް ޖަހަން އުޅެނިކޮށް އަލިފާން ރޯވި ސިތާރާ ގޭގައި މުޅިން ވެސް އުޅެނީ ބިދޭސީންނެވެ. މި ގޭގައި އަލިފާން ރޯވެފައިވަނީ ގޭގެ ތިރީގައި ހުރި ބަދިގެއެއްގައި ރޯވެގެންނެވެ. އަދި މި އަލިފާނުގެ އަސަރު މި ގޭގެ ދެވަނަ ފަންގިފިލާއަށް ވަނީ ކޮށްފައެވެ. 

އަލިފާން ރޯވި ސަރަހަށްދަށް މިނިސްޓަރ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސެކިއުރިޓީ އޮނަރަބަލް އާދަމް ޝަރީފް ޢުމަރު ވަނީ ޒިޔާރަތްކުރައްވާ އެ ސަރަހައްދު ބައްލަވާލައްވާފައެވެ.