ޚަބަރު

ކުރީގެ ސީޕީ އަރީފް ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފި


ފުލުހުންގެ ބެލުމުގެ ދަށަށް ކުރީގެ ކޮމިޝަނަރ އޮފް ޕޮލިސް އަޙްމަދު އަރީފް ގެންގޮސްފިއެވެ.

ފުލުހުން ބުނީ އަރީފް ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވަނި ފުލުހުން ތަޙްޤީޤު ކުރަމުންދާ މައްސަލައަކާ ގުޅިގެން ކަމަށެވެ. މި ކަމާގުޅޭ އިތުރު ތަފްސީލެއް ފުލުހުން އަދި ހާމަކޮށްފައެެއްނުވެއެވެ. ފުލުހުން ވަނީ މިއަދު ހެނދުނު އަރީފް ދިރިއުޅުއްވާ ގެ މ.ސްނޯ ރޯސް ބަލާ ފާސްކޮށްފައެވެ. ކޮމިޝަނަރ އޮފް ޕޮލިސްގެ މަޤާމުން އަރީފު ވަކިކޮށްފައިވަނީ މިދިޔަ ފެބުރުއަރީ މަހުގެ އެއްވަނަ ދުވަހުއެވެ.