ޚަބަރު

ކޮރަލް ބޮލެވާޑްގެ 80 ފްލެޓަށް ބްކިންގ ހެދުމުގެ ފުރުޞަތު


ރަސްފަންނު ސަރަހައްދުގައި ތަރަޢްޤީކުރާ "ކޮރަލް ބޮލެވާޑް"މިކްސްޑް ޑިވެލޮޕްމަންޓް ޕްރޮޕަޓީގައި ތަރައްޤީކުރާ ފްލެޓްތަކުގެ ތެރެއިން 80 ފްލެޓަށް ބުކިން ހެދުމަށް ހުޅުވާލައިފިއެވެ.

ބްކިން ހެދުމަށް ހުޅުވާލައިފައިވަނީ އެ ސަރަހައްދުގައި އިމާރާތްކުރާ 2 ޓަވަރުގައި ހަދާ ތިން ކޮޓަރީގެ 80 ފްލެޓަށެވެ. 

ރަސްފަންނު ސަރަޙައްދުގައި ޖުމްލަ 4 ޓަވަރެއް އެޅުމަށް ހަމަޖެހިފައިވާއިރު މި ޓަވަރުތައް އިމާރާތްކުރުމަށް ހަމަޖެހިފައިވަނީ ފަންސަވީސް ބުރިއަށާއި އަށާވީސް ބުރިއަށެވެ. އަދި މީގެ ތެރެއިން 3 ޓަވަރުގެ ފައްސަތޭކަ ސާޅީސް ނުވަ ޔުނިޓް ދިރިއުޅުމުގެ ބޭނުމަށް ޚާއްސަކޮށްފައިވާއިރު އެނެއް ފްލެޓްތައް ޚާއްސަކޮށްފައިވަނީ ކޮމާޝަލް ކަންކަމަށެވެ. އަށްޑިހަ ޔުނިޓުގެ ތިން ކޮޓަރީގެ ބުކިންގް ފީއެއްގެ ގޮތުގައި ސަތޭކަ ފަންސާސް ހާސް ރުފިޔާ ދައްކަން ޖެހޭނެ ކަމަށް ކޮރަލް ބުލެވާޑުން ބުނެއެވެ.  ބުކިންގް ފީގެ ފަހުން 20 އިންސައްތަ ނެގުމަށް ހަމަޖެހިފައިވާކަމަށާއި އެ 20 އިންސައްތަ ނަގާނީ ބުކިންގް ފީގެ ސަތޭކަ ފަންސާސް ހާސް ރުފިޔާ ވެސް ކެނޑޭ ގޮތަށް ކަމަށެވެ.

ރާއްޖޭގެ ރައްޔިތުންނަށް މި ފްލެޓްތައް ގަނެވޭގޮތަށް ހަމަޖައްސާފައިވާއިރު ބޭރުގެ ފަރާތްތަކަށް 99 އަހަރަށް ކުއްޔަށް ހިފޭގޮތަށް ވަނީ ހަމަޖައްސާފައެވެ.

ކޮރަލް ބޮލެވާޑުގައި ހަދާ ފްލެޓުތައް ހުންނާނެ ގޮތުގެ ރަމްޒީ ފްލެޓެއް މި އަހަރުގެ މެދެއްހާ ތަނުގައިރަސްފަންނު ސަރަހައްދުގައި ދައްކާލުމަށް ބަހައްޓާނެކަމަށް ކޮރަލް ބޮލެވާޑުން ބުނެއެވެ. އަދި ފްލެޓްތައް ތަރައްޤީކުރުމުގެ އަމަލީ މަސައްކަތް މިއަހަރުގެ ފުރަތަމަ ޓަރމް ކިޔެވުން ނިމުން ފަށާނެކަމަށްވެސް އެފަރާތުން ބުނެއެވެ.

ކޮރަލް ބޮލެވާޑް މަޝްރޫއު ކުރިޔަށް ގެންދިޔުމަށް ހަމަޖެހިފައިވަނީ ދަރުމަވަންތަ ހޮސްޕިޓަލުގެ އިމާރާތް އެޅުމުގެ މަސައްކަތް ކުރާ ސިންގަޕޫރުގެ ޗަންގް ހުއާ ކޮންސްޓްރަކްޝަނުންނެވެ.