ކުޅިވަރު

ސްނައިޑާ ޤައުމީ ޓީމަށް ކުޅުން ހުއްޓާލައިފި


ނެދަލޭންޑްސްގެ ޤައުމީ ޓީމަށް އެންމެ މެޗު ކުޅެދީފައިވާ ކުޅުންތެރިޔާ ވެެސްލީ ސްނައިޑާ ޤައުމީ ޓީމަށް ކުޅުން ހުއްޓާލައިފިއެވެ.

އޭނާ ކުޅުން ހުއްޓާލީ ޒުވަން ކުޅުންތެރިންނަށް ފުރުސަތު ދޭން އާ ކޯޗު ރޮނަލްޑް ކޮއެމަން ނިންމުމުންނެވެ.

"އަހަރެން ކޯޗުގެ ނިންމުމަސް ފުރިހަމަ އަށް އިހްތިރާމްކުރަން. އަހަރެންނަނަށް އެނގޭ މިއީ ޒުވާން ކުޅުންތެރިންނާއެކު ޤައުމީ ޓީމު އެކުލަވާލަންވީ ވަގުތުކަން. އެކަމަށް މަރުހަބާކިޔަން،" އިޓަލީގެ އިންޓަމިލާނަށް ވެސް ކުޅުނު ސްނައިޑާ ބުންޏެވެ.

ގަތަރުގެ އަލްގަރާފާ އަށް ކުޅެމުން އަންނަ 33 އަހަރުގެ ކުޅުންތެރިޔާ ކުޅުން ހުއްޓާލީ ނެދަލޭންޑްސް މި އަހަރުގެ ވޯލްޑް ކަޕަށް ކޮލިފައިނުވެ، ކަޓާފައިވަނިކޮށެވެ. ނަމަވެސް އާ ކޯޗު ރޮނަލްޑް ކޮއެމަން ވަނީ އޭނާއަށް ތައުރީފް ކޮށްފައެވެ.

"ވެސްލީ ސެނައިޑާ އަކީ މިފަހަކަށް އައިސް ނެދަލޭންޑްސްގެ ޤައުމީ ޓީމުން ފެނުނު އެންމެ މޮޅު އެއް ކުޅުންތެރިޔާ. އޭނާއަށް އަހަރެން މަރުހަބާކިޔަން. އެކަމަކު މިއީ ޒުވާން ކުޅުންތެރިންނާއެކު އަހަރެން ޓީމު ބިނާކުރަންޖެހޭ ވަގުތު،" ކޯޗު ބުންޏެވެ.

2010 ވަނަ އަހަރުގެ ވޯލްޑް ކަޕުގެ ފައިނަލަށް ނެދަލޭންޑްސް ގެންގޮސްދިން ޓީމުގައި މުހިންމު ދައުރެއް އަދާކުރި ސްނައިޑާ ބުނީ ގައުމީ ޓީމަށް 133 މެޗު ކުޅެދީފައިވުމުން ވަރަށް ބޮޑަށް ފަހުރުވެރިވާ ކަމަށެވެ.