ޚަބަރު

ބްރިޖްގެ ސުޕަރ ސްޓްރަކްޗަރ ގުޅާލުން ޖުލައި 9 އަކަށް ނިމޭނެ


ޗައިނާ މޯލްޑިވްސް ފްރެންޝިޕް ބްރިޖްގެ ސުޕަރސްޓްރަކްޗަރ މާލެއިން ހުޅުލެއަށް ގުޅާލުމުގެ މަސައްކަތް ޖުލައި މަހުގެ 9 ވަނަ ދުވަހަށް އެއްކޮށް ނިމޭނެކަމަށް ހައުސިންގ މިނިސްޓަރ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. 

ބްރިޖުގެ މަޝްރޫޢުގެ މަސައްކަތް ގޮސްފައިވާ ހިސާބަށް އަލިއަޅުވާލަމުން ހައުސިން މިނިސްޓަރު ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ މިއަހަރު ބޭއްވުމަށް ހަމަޖެހިފައިވާ ރިޔާސީ އިންތިޙާބުގެ ކުރިން އަދި ކަނޑައަޅާފައިވާ ތާވަލާއެއްގޮތަށް ބްރިޖުގެ މަސައްކަތް މުޅިން ނިންމާލެވޭނެކަމަށެވެ. ބްރިޖުގެ މަސައްކަތުގެ އިތުރު ތަފްސީލް ދެއްވަމުން މިނިސްޓަރ މުޢިއްޒު ވިދާޅުވީ ކޮންކްރީޓް ޑެކް އެޅުމަށްޓަކާ މާލޭކޮޅުން އަޅަމުން އަންނަ އައިބީމްތަކުގެ އެންމެ ފަހުބައިގެ މަސައްކަތް ކުރިއަށްދާ ކަމަށާއި އެގޮތުން މި ހަފްތާގެ ތެރޭގައި އެންމެ ފަހު އައިބީމް އަޅާ ނިމޭނެ ކަމަށެވެ."މާލެއިން ފެށިގެން އައިބީމްއާ ހަމަޔަށް އަޅަން ޖެހޭ ބްރިޖުގެ ޑެކު އަންނަ މޭ މަސް ނިމެންވާ އިރަށް އެއްކޮށް ނިމޭނެ. ވެހިކަލެއް ދުއްވާފައި އެންމެ މައި ތަނބާ ހަމަޔަށް ދެވޭ ވަރަށް މޭ މަސް ނިމެންވާ އިރަށް ބްރިޖުގެ ސުޕަސްޓްރަކްޗާ އިންނާނީ ނިމިފަ. އަދި އެކީއެކަށް މާލެއިން ގޮއްސަ ހުޅުލެއަށް އެއްކޮށް ކަނެކްޓްކޮށް ނިމޭނެ ޖުލައި މަހު 9 ވަނަ ދުވަހު. ޕިޒިކަލީ ހިނގާފަ ވިޔަސް ދެވޭ ގޮތަށް އެއްކޮށް ގުޅާލާ ކޮންކްރީޓް މަސައްކަތް އޮންނާނީ ނިމިފަ. ދެން އޮންނާނީ ތާރު އެޅުމާއި އޭގެ މަތީގައި ލައިޓުތައް ޖެހުމުގެ މަސައްކަތް. އެއީ ފިނިޝިންގެ މަސައްކަތްތައް. ފިނިޝިން މަސައްކަތް ނިންމާލުމަށް ފަހު އަންނަ ރިޔާސީ އިންތިޙާބުގެ ކުރިން ބްރިޖު އަޅާ ނިމި އެ ބްރިޖް މަތިން މީހުން ދަތުރު ކުރަން ފަށާނެ" މިނިސްޓަރ މުޢިއްޒު ވިދާޅުވިއެވެ. img:http://s1.psmnews.mv/images/660x400/15200887717573.jpg|ބްރިޖުގެ މަސައްކަތް ކުރިއަށްދަނީ -- ރައީސް ޔާމީންގެ ރިޔާސީ ވައުދެއްކަމަށްވާ ޗައިނާ މޯލްޑިވްސް ފްރެންޑިޝިޕް ބްރިޖު އެޅުމުގެ ޢަމަލީ މަސައްކަތް ފަށާފައި ވަނީ 2016 ވަނަ އަހަރުއެވެ. މި މަސައްކަތް ފެށުމާއިއެކު މި މަސައްކަތައް އިނދިކޮޅު ފަރާތްތަކުގެ ފާޑުކިޔުން އަމާޒުވިއެވެ. އަދި ލޯމަތިން ބްރިޖްގެ މަސައްކަތް ފެންނަމުންދާއިރުވެސް އެކަން އޮޅުވާލުމަށް އިދިކޮޅު ފަރާތްތަކުން މަސައްކަތް ކުރަމުންދާކަމަށް މިނިސްޓަރ މުއިއްޒު ވިދާޅުވިއެވެ. ނަމަވެސް ރާއްޖޭގެ ތަރައްޤީއަށް ހުރަސްއެޅުމުގެ ފުރުސަތެއް ދިވެހި ރައްޔިތުން ދެން ނުދެއްވާނެކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ.